މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް އައްޑޫ ސިޓީގެ ޕްރައިވެޓް މިއުޒިއަމް “ކޮށިދޮރަގެ” އަށް ޒިޔާރަތްކޮށްފި

Koshidhora (6)

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް އައްޑޫ ސިޓީގެ ޕްރައިވެޓް މިއުޒިއަމް “ކޮށިދޮރަގެ” އަށް ޒިޔާރަތްކޮށްފި

ތާރީޚް: 19 އޭޕްރިލް 2026

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް، އައްޑޫ ސިޓީގައި ހުންނަ އަމިއްލަ ދާރުލްއާސާރު “ކޮށިދޮރަގެ” އަށް ޒިޔާރަތްކޮށްފިއެވެ. މި ދާރުލްއާސާރުގައި އައްޑޫއާއި ދިވެހި ތާރީޚާއި ބަހާއި ތަރިކައާ ގުޅޭ އެތައް މުހިންމު އާސާރީ ތަކެތި ހިމެނެއެވެ.

މި މިއުޒިއަމް އަކީ އަލްފާޟިލް އިބްރާހިމް ފިރާޤް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ވަރަށް ޝައުގާއި ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ. ކޮށިދޮރަގެ ކޮލެކްޝަންގައި ދިވެހި ރާއްޖޭގެ ސަގާފީ އަދި ތާރީޚީ އަގުހުރި ވަރަށް ގިނަގުނަ ތަކެތި ހިމެނެއެވެ. މި ޒިޔާރަތުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް، މި މިއުޒިއަމް  ބަލަހައްޓަވަމުން ގެންދަވާ އިބްރާހިމް ފިރާޤްގެ އަގުހުރި ޚިދުމަތަށް ޝުކުރާއި ތަހުނިޔާ ދަންނަވައި، މި  މުހިންމު މަސައްކަތުގައި ދެމިހުންނެވުމަށް ހިތްވަރުދެއްވިއެވެ. އަދި މި ދާރުލްއާސާރު އިތުރަށް ތަރައްގީކުރުމާއި، މިއުޒިއަމްގެ ކަލެކްޝަންތައް އިތުރަށް ތަރުތީބުކޮށް ބަލަހައްޓާ ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ވެދެވެން އޮންނަ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭނެކަން ހާމަކުރެއްވިއެވެ.

އަދި މި ޒިޔާރަތުގެ ތެރޭގައި، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ވަނީ ލިޔެލާޖެހި ކަންވާރެއް ދާރުލްއާސާރަށް ހަދިޔާކުރައްވާފައެވެ.

ޝެއަރ ކުރައްވާ: