ކުރުހިންނަ ތަރާގަނޑު

Kaashidhoo Kuruhinna Thara

ކުރުހިންނަ ތަރާގަނޑު

ކ.ކާށިދޫ

ކުރުހިންނަ ތަރާގަނޑަކީ ދިވެހިރާއްޖޭގެ ކ. ކާށިދޫގައި ހުންނަ އާސާރީ ސަރަޙައްދެކެވެ. މިއީ އިސްލާމްދީން އައުމުގެ ކުރިން (މީލާދީ 7-8 ވަނަ ޤަރުނުގައި) ބިނާކޮށްފައިވާ ބުޑިސްޓް ފައްޅިއެކެވެ. 1996 އިން 1998 އަށް ކޮނެ ހޯދުމުގެ މަސައްކަތް ކުރެވި، ހިރިގަލުން ހަދާފައިވާ 64 ބިނާއެއް ފެނުނެވެ. މީގެ ތެރެއިން ގިނަ ބިނާތަކުގެ ތިރީބައި އެކަނި ފެންނާން ހުއްޓެވެ. މިހާރު މި ސަރަޙައްދު ވަށައި ފެންސް ޖަހާފައި ހުރި ނަމަވެސް، ގާތްގަނޑަކަށް މުޅި ސަރަޙައްދު ވިނައިން ފޮރުވިފައި ވުމުން، އާސާރީ ތަނެއްގެ ގޮތުގައި ފެންނާން ހުރީ ކުޑަ ބައެކެވެ.

ޝެއަރ ކުރައްވާ: