ގޯތަ މިސްކިތް
މި މިސްކިތަކީ މިހާރު އުވައިލެވިފައިވާ މިސްކިތެކެވެ. ފެންނާން ހުރީ މިސްކިތުގެ ތަރާގަނޑާއި އިހުގެ ޤަބުރުސްތާނުގެ ބަޔެކެވެ. މިތަނުގައި، ދިވެހި ތާރީޚު ލިޔުއްވި އަލްފަޤީޙް އައްޝައިޚް އަލްޤާޟީ ޙަސަން ތާޖުއްދީންގެ ބައްޕަ އަލްފަޤީޙް މަޙުމޫދު (ގަމު ރަތްބޭ) ގެ ބިސްތާނަ އާއި ދިވެހި އަދަބިއްޔާތަށާއި ޤައުމަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްވަޒީރު އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ ޒިޔާރަތް ވެއެވެ.
