Skip to content

En

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަކީ ދިވެހިރާއްޖޭގެ ތަރިކަ ޙިމާޔަތްކުރުމާއި މަޢުނަވީ، މާއްދީ އަދި ޠަބީޢީ ތަރިކަ ދިރުވައި އާލާކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މިނިވަން އެންޖީއޯއެކެވެ. 2023 އިން ފެށިގެން އަޅުގަނޑުމެން މިދަނީ ލޯކަލް ކައުންސިލްތަކާއި ސްކޫލްތަކާއި އެކިއެކި މުއައްސަސާތަކާ ގުޅިގެން މިދާއިރާއިން މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ތަރިކަ އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނާއި ތަރިކައާ ބެހޭގޮތުން ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ތަފާތު ސެޝަންތައް ހިންގަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދާއިރާއިން މަސައްކަތްކުރުމަށް ޝައުޤުވެރިކަންހުރި ކޮންމެ ފަރާތަކަށްވެސް މިޖަމިއްޔާ އިން މަރުޙަބާ ދަންނަވަމުއެވެ. މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ މަދަނީ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ރަޖިސްޓްރީ ނަންބަރަކީ: Number: (141-NGO/CERT/2022/1397) އެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ސިއްކަ

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓިގެ ސިއްކައިގެ މެދުގައިވަނީ ދިވެހި ދިދަޖެހި ލޯމާފާނެކެވެ. ލޯމާފާނުގައި ދިވެހިއަކުރުން (ދިވެސްއަކުރުން) ނާއި ތާނަ އަކުރުން ”ދިވެހިތަރިކަ“ ހިމެނޭ އަކުރުތައް ލިޔެފައިވެއެވެ. އޭގެ ބޭރުން ރޯނުގެ ވަށްބުރެކެވެ. ޖަމިއްޔާގެ ނަން ”މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ“ ލިޔެފައި އޭގެ ބޭރުން ވަނީ ރާއްޖޭގެ އެކިއެކި ރަހުން ބޭނުންފުޅުކުރެއްވި އަށްކަން ސިއްކަފުޅުގެ ބައްޓަމެވެ.
ޖަމިއްޔާގެ ސިއްކައިގައި ހިމެނޭ ބައިތަކުން ރަމްޒުކުރަނީ ދިވެހީންގެ ޤައުމިއްޔަތާއި ދިވެހިވަންތަކަމުގެ އިހުސާސް ފޯރުކޮށްދޭ ޠަބީޢީ ތަރިކައާއި ސަޤާފީ ތަރިކައިގެ ގޮތުގައި ހިމެނޭ މާއްދީ އަދި މަޢުނަވީ ތަރިކައެވެ.

Screenshot 1