ހެރިޓޭޖް ލީޑަރސް ކޯސް މިޖަމިއްޔާގެ ރައީސް ފުރިހަމަކުރައްވައިފި

އިންޓަރނޭޝަނަލް ހެރިޓޭޖް ޓްރަސްޓް އޯގަނައިޒޭޝަނުން އޮކްސްފޯޑް ހެރިޓޭޖް އެސޯސިއޭޓްސް އާ ގުޅިގެން ހިންގި ހެރިޓޭޖް ލީޑަރސް ކޯސް މިޖަމިއްޔާގެ ރައީސް ފުރިހަމަކުރައްވައިފިއެވެ.
މިއީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމަށް ދެކެމެވެ. މިފުރުޞަތު ފަހިކޮށް ދެއްވީތީ އަޅުގަނޑުމެން އެ އޯގަނައިޒޭޝަން އާ އެކު އިއްތިހާދުވެގެން މަސައްކަތްކުރަމުންދާ ބައިނަލްއަޤްވާމީ މުއައްސަސާއެއްކަމުގައިވާ އިންޓުގެ ލީޑަރޝިޕަށް ޝުކުރު ދަންނަވަމެވެ.
