ހައްދުންމަތީ ގާދޫ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުކަން ދިގުމުއްދަތަކަށް ކުރެއްވި އަލްފާޟިލް ޒަކަރިއްޔާ މޫސާ ތަރިކަ މަގުގައި ގަސް އިންދެވުން

Zakariya (3)

ހައްދުންމަތީ ގާދޫ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުކަން ދިގުމުއްދަތަކަށް ކުރެއްވި އަލްފާޟިލް ޒަކަރިއްޔާ މޫސާ ތަރިކަ މަގުގައި ގަސް އިންދެވުން

ތާރީޚް: 21 މެއި 2024

ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް ލ.ގަމުގައި ހަދަމުންގެންދާ “ތަރިކަމަގު” ގައި އިންދުމަށް ތަފާތު ގަސްތައް ހަދިޔާކޮށްދެއްވައި މިކަމުގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ދެއްވީތީ އަލްފާޟިލް ޒަކަރިއްޔާ މޫސާއަށް ޝުކުރު ދަންނަވަމެވެ. ހައްދުންމަތީ ގާދޫ ބޮޑު ކަތީބުކަމާއި ކުޑަ ކަތީބުކަން ދިގުމުއްދަތަކަށް ކުރެއްވި ޚިދުމަތްތެރިއެއްގެ ހައިސިއްޔަތުން މިމަގުގައި އޭނާ  އިންދަވައިދެއްވާފައިވަނީ ރީތި ގަހެކެވެ.

ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެކެވެ.
ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމުއެވެ.

ޝެއަރ ކުރައްވާ: