ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރުން

GAN WDC Meeting Maldives Heritage Society

ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރުން

ތާރީޚް: 19 އޮކްޓޫބަރު 2025

ހައްދުންމަތީ ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. އތމ ކޮމެޓީގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތުގެ މަސްލަހަތުވެރީންނާއެކު ބޭއްވުނު ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ކޮމެޓީންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޓުއަރގައިޑް ޓްރޭނިންގ ގުޅިގެން ހިންގުމާމެދުގައި މަޝްވަރާކުރެވިފައިވެއެވެ.

ޝެއަރ ކުރައްވާ: