ޓުއަރގައިޑުން ތަމްރީންކުރުން

1

ޓުއަރގައިޑުން ތަމްރީންކުރުން

ތާރީޚް: 23 ނޮވެންބަރު 2025

ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޓުއަރގައިޑް ޓްރެއިނިންގ ކޯސް ނިންމި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ.  މޯލްޑިވްސް ހެރިޓޭޖު ސޮސައިޓީ އިން މި ތަމްރީން ހިންގާފައިވަނީ ޕަރީ ފެންގަނޑަ ފަދަ ޙިމާޔަތްކުރެވޭ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރ ގައިޑުން އުފެއްދުމަށެވެ. އެގޮތުން މި ތަމްރީންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 11 ބައިވެރިން ވަނީ މި ތަމްރީން ފުރިހަމަކޮށްފައެވެ މިތަމްރީންގައި ސެޝަންތައް ނަގައިދީފައިވަނީ މީހުން ބިނާކުރުމުގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެއްކަމުގައިވާ އަލްފާޟިލް އަޙްމަދު ނާޞިރެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމުގެ ދަށުން މި ޖަމިއްޔާއިން މިތަމްރީން ކުރިޔަށްގެންގޮސްފައިވަނީ ލ.ގަމު އތމ ކޮމެޓީ އަދި ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެންނެވެ.

ޝެއަރ ކުރައްވާ: