“ޕަރީފެންގަނޑަ ޕްލެޓްފޯމް” ޕްރޮޖެކްޓް (ލ.ގަމުގައި)

Pareefenganda Platform

“ޕަރީފެންގަނޑަ ޕްލެޓްފޯމް” ޕްރޮޖެކްޓް (ލ.ގަމުގައި)

ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢަކީ ތިމާވެށްޓާއި ފަތުރުުވެރިކަމާބެހޭ ވުޒާރާގެ ދަށުން ލާމު އަތޮޅުގައި ކުރިޔަށްގެންދިޔަ އެންދެރި ސްމޯލްގްރާންޓުން މިޖަމިއްޔާއަށް ލިބުނު މާލީ އެހީތެރިކަން ބޭނުންކޮށްގެން ފުރިހަމަކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ނިންމުމަށް ސިކްސް ސެންސަސް ލާމު ރިސޯޓާއި ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަން ލިބިފައިވެއެވެ. އަދި މިއީ ގަމު ކައުންސިލާއި އތމ ކޮމިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބްގެ އެއްބާރުލުން ވެސް ލިބިފައިވާ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ އެންމެހައި މަސައްކަތްތައް ނިންމައި ރަސްމީކޮށް ޕްލެޓްފޯމް ހުޅުވުނީ 2026 އޭޕްރީލް 10 ވީ ހުކުރު ދުވަހުގެ ހަވީރުގައެވެ. މިހާރު ޕްލެޓްފޯމްވަނީ ހައްދުންމަތީ ގަމު ކައުންސިލާ ރަސްމީކޮށް ހަވާލުކުރެވިފައެވެ.

 

ޝެއަރ ކުރައްވާ: