“ތަރިކަ މަގު” މަޝްރޫއު (ލ.ގަމުގައި)

Atoll Council1

“ތަރިކަ މަގު” މަޝްރޫއު (ލ.ގަމުގައި)

“ތަރިކަ މަގު” މަޝްރޫއުގެ ނަމުން މަޝްހޫރު ލާމު ގަން ހެރިޓޭޖް ޓްރެއިލް އިފްތިތާހުކޮށްފައިވަނީ 24 އޮކްޓޯބަރ 2023 ގައެވެ. އެއީ ބުޑިސްޓް ސްޓޫޕާއެއް ކަމަށްވާ “ހަތްތެލި” އޭ ކިޔާ އާސާރީ ސަރަހައްދާއި ރަނޑޫ ގަސްތަކާއި ބޮޑެތި ކިނބިގަސްތަކުން ފެހިވެފައިވާ މާހައުލެއްގައި އޮންނަ ގުދުރަތީ ތަރިކައެއްކަމުގައި ބެލެވޭ ފެންގަނޑެއް ކަމަށްވާ “ޕަރީ ފެންގަނޑަ” ގުޅުވައިދޭ މަގެކެވެ. ތަރިކަ މަގުގައި ބެހެއްޓިފައިވާ ބޯޑުތަކުން ދިވެހީންގެ ސަގާފީ ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށްވާ ގަސްގަހާގެއްސާއި ދޫނި ސޫފާ ސޫތްޕާއި އެހެނިހެން ދިރުންތަކުގެ ގުދުރަތީ ދިރިއުޅުމާ ބެހޭ ގޮތުން އިތުރަށް ދަސްކުރުމުގެ ފުރުސަތު ލިބެއެވެ.

ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމު ރިސޯޓްގެ މާލީ އެހީތެރިކަމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބް ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މިޕްރޮޖެކްޓަށް ގަމުކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއްދަނީ ލިބެމުންނެވެ. އޭގެ އިތުރުން ވަރަށް ގިނަ ފަރާތްތަކުން މިޕްރޮޖެކްޓަށް ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޝެއަރ ކުރައްވާ: