ހައްދުންމަތީ ހިތަދޫން ގެެއެއްގެ ގޯތިތެރެ ކޮންނަނިކޮށް އާސާރީ ހިރިގަލު ފޮށްޓެއް ފެނުން

ހައްދުންމަތީ ހިތަދޫން ގެެއެއްގެ ގޯތިތެރެ ކޮންނަނިކޮށް ފެނުނު އާސާރީ ހިރިގަލު ފޮށްޓެއް.
މިފޮށި މިހާރު ހުރީ ހިތަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި.
މިފަދަ ތަކެއްޗާ ބެހޭގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ޢަމަލުކުރައްވައި ވަރަށް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު މިއާސާރީ ތަރިކަ ހިތަދޫ ކައުންސިލާ ޙަވާލުކޮށްދެއްވީތީ ހިތަދޫ ދިލްކުޝާގޭގެ ވެރިފަރާތް އަލްފާޟިލާ އާމިނަތު ޖައުފަރުގެ އާއިލާއަށް ނިޙާޔަތަށް ޝުކުރު ދަންނަވަން.
ހިތަދޫގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ހިތަދޫ އާސާރީ މިސްކިތާއި މަރުބީނާ އުސްގަނޑާއި ޒިޔާރަތުގެ ލިސްޓަށް އިތުރުވި މި ހިރިގަލު ފޮށީގެ ސަބަބުން ހިތަދޫގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޝައްކެއްނެތް. އެމަގުން ކައުންސިލުން ކުރައްވާ އެންމެހައި ކަންކަމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ޝުކުރިއްޔާ ހިތަދޫ ކައުންސިލާއި ރައްޔިތުން.

