“ތަރިކަމަގު” ގައި އިންދުމަށްޓަކައި ހޮރައިޒަން ފިޝަރީޒްގެ މުވައްޒަފުން ގަސް ހަދިޔާކުރުމާއި ގަސް އިންދުން

HF1

“ތަރިކަމަގު” ގައި އިންދުމަށްޓަކައި ހޮރައިޒަން ފިޝަރީޒްގެ މުވައްޒަފުން ގަސް ހަދިޔާކުރުމާއި ގަސް އިންދުން

ތާރީޚް: 11 ޖަނަވަރީ 2024
ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް ލ.ގަމުގައި ހަދަމުންގެންދާ
ތަރިކަމަގުގައި އިންދުމަށް ގިނަ ޢަދަދެއްގެ ގަސް ހަދިޔާކޮށްދެއްވައި މިކަމުގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ދެއްވީތީ ހޮރައިޒަން ފިޝަރީޒްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.
ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެއް.
ކުރިޔަށް އޮތް ދުވަސްތަކުގައި އެހެން މުއައްސަސާތަކާ ގުޅިގެންވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ. ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމު.
ޝެއަރ ކުރައްވާ: