ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމުގައިވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” އާ ގުޅުވައިގެން ގަމު “ބޮޑަފެންގަނޑަ”/”ޕަރީފެންގަނޑަ” ސަރަޙައްދު ސާފުކުރުން.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމުގައިވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” އާ ގުޅުވައިގެން ގަމު “ބޮޑަފެންގަނޑަ”/”ޕަރީފެންގަނޑަ” ސަރަޙައްދު ސާފުކުރުން.
މިޙަރަކާތް ފުރިހަމައަށް ކޮށްނިންމާލެވިފައިވަނީ ބައިވެރިވި އެންމެހައި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމުގައިވާތީ ބައިވެރިވި އެންމެހައި ފަރާތްްތަކަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބްގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ރާއްޖޭގެ އެކި ރަށްރަށުގައިވާ ޤުދުރަތީ ތަރިކަތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ މާޙައުލީ ނިޒާމު ތަޣައްޔަރުވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މިފަދަ ޙަރަކާތްތައް ބޭއްވޭ މިންވަރު އިތުރުކުރުމަކީ މުހިންމު ކަމެއް.
ދިވެހީންގެ އާދަކާދައާއި ސަޤާފަތް ރައްކާތެރިކޮށް ހިމާޔަތްކުރެވޭނީ ދިވެހީންގެ ވެށީގައިވާ ޤުދުރަތީ ތަރިކަ ހިމާޔަތްކޮށްގެން. ޤުދުރަތީ ތަރިކަ ހިމާޔަތް ކުރުމަށް އަޅުގަނޑުމެން އެންމެން އަތުގުޅާލަމާތޯ؟
