ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ގަމުގެ ތަރިކަތަކަށް ޒިޔާރަތްކުރެއްވުން

ރަސްމީ ދަތުރުފުޅެއްގައި ހައްދުންމައްޗަށް ޒިޔާރަތްކުރެއްވި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް މިއަދު ގަމުގެ ތަރިކަތަކަށް ޒިޔާރަތްކުރެއްވިއެވެ.
މި ޒިޔާރަތުގައި ގަމުގެ މުހިންމު ތަރިކައެއް ކަމުގައިވާ ޕަރީފެންގަނޑު ބައްލަވާލައްވައި ޕަރީފެންގަނޑާއި ހަތްތެލި ގުޅުވައިދޭ ތަރިކަމަގު ބައްލަވާލެއްވިއެވެ.
ވަޒީރު ޒިޔާރަތްކުރެއްވުމުން މި ޖަމިއްޔާގެ ފަރާތުން މިތަންތަނާ ބެހޭ ތާރީޚީ މަޢުލޫމާތާއި ޕަރީފެންގަނޑަ ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ކޮންސެޕްޓާ ބެހޭގޮތުން ވަޒީރަށް މަޢުލޫމާތު އަރުވާފައިވާނެއެވެ.
