ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާ ބައްދަލުކުރުން

Heritage (2)

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާ ބައްދަލުކުރުން

ތާރީޚް: 23 ޖަނަވަރީ 2023
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، އާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން މިއަދު ބައްދަލުކުރެވުނެވެ. މި ބައްދަލުވުމުގައި ހައްދުންމަތީގައި އާސާރީ ތަރިކައިގެ ގޮތުގައި ހުރި ތަންތަނަށް ދިމާވެފައިވާ މައްސަލަތަކާއި އެ ކަންކަން ހައްލުކުރުމަށް ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ޖަމިއްޔާގެ މަސައްކަތުގައި ވުޒާރާގެ ދާއިރާއިން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ
(ފޮޓޯތައް: ހެރިޓޭޖް މިނިސްޓްރީގެ ފޭސްބުކް ޕޭޖް)
ޝެއަރ ކުރައްވާ: