ބުއްދައްގޭ ވެވު

ބުއްދައްގޭ ވެވު

ލ.މުންޑޫ
މުންޑޫގައި ހުންނަ ޤަދީމީ ތަރިކައެއްކަމުގައިވާ މުންޑޫ ބުއްދައްގޭ ވެވަކީ މީލާދީން 12 ވަނަ ގަރުނުގައި ރާއްޖެ އިސްލާމްވުމުގެ ކުރީގައި އޮތް ބުދު ދީނުގެ ދުވަސްވަރުގެ މޮނާސްޓްރީގެ ސަރަހައްދުގެ ތެރޭގައި ހުންނަ ވެވެކެވެ. ވަރަށް ރީތިކޮށް ހިރިގަލުން ހަދާފައިވާ މި ވެވު ހުރީ ދާގަބާގެ 120 ވަރަކަށް ފޫޓު ދެކުނުގައެވެ. 1922 ވަނަ އަހަރު އެޗް.ސީ.ޕީ ބެލް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައިވެސް މިތަން ބައްލަވައި ހައްދަވާފައިވެއެވެ. އަދި މިތަނުގެ ތަފްސީލްތައް އޭނާގެ މޮނޮގްރާފްގައި ހިމަނުއްވާފައިވެއެވެ. 2004 ވަނަ އަހަރުގެ ބޮޑުރާޅު އެރި ކާރިސާގައި މިތަނަށް ވަރަށް ބޮޑަށް ކުނިއެޅި ހުރީ ފޮރުވިފައެވެ. އެދުވަސްވަރު ސްކޫލްގެ ވެރިންގެ އިރުޝާދުގެ ދަށުން މަދަރުސާކުދިން މިތަން ވަރަށް ބޮޑަށް ސާފުކުރިއެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ނުދިޔައުމުގެ ސަބަބުން މިތަން އަނެއްކާވެސް ވާހެދި ލޯމަތިން ގެއްލުނީއެވެ. ރަށުގެ ތާރީޚާއި ތަރިކަ އިއާދަކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން މި ވެވު އިއާދަކުރުމަށްޓަކައި މުންޑޫ ކައުންސިލުން ހިންގި މަޝްރޫޢު ފެށީ 2023 ޖެނުއަރީ 18 ގައެވެ. އެއީ ޔޫ.އެން.ޑީ.ޕީގެ ރީއިމޭޖިނިންގ ޓޫރިޒަމް ޕްރޮޖެކްޓްގެ މާލީ އެހީތެރިކަމާއެކުގައެވެ.
ޝެއަރ ކުރައްވާ: