Skip to content

En

މާބައިދޫ އަަހަގުން ކޯރު

423455186 693241236047083 8224341550869892353 N

މާބައިދޫގެ އުތުރުކޮޅުގައި މޫދާ ގުޅިފައިވާ ލޮނުފެނުގެ ކޯރަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ ޗާލު ތަނެކެވެ. މިކޯރުގައި ފަރުގެ ދިރުންތައް ވިހާ އާލާވެ އެވެ. ރީތި ކުލަކުލައިގެ ކުދި ކަކުނިތައް ފެނެއެވެ. ރަނޑޫ، ކުރެދި، ހަލަވެލި ފަދަ ގަސްތައް ހެދެ އެވެ. ރަށުގެ ވަށައިގެންވާ ފަރާއި މޫދުވިނަ ސަރަހައްދުން ހަ ބާވަތެއްގެ މޫދު ވިނައާއި، 86 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑުކުރެވިފައިވެ އެވެ.