“ތަރިކަމަގު” ގައި ސިކްސް ސެންސަސް ލާމު ރިސޯޓުގެ މުވައްޒަފުން ގަސް އިންދުމާއި މަގު ބަލައިލުން

Six1

“ތަރިކަމަގު” ގައި ސިކްސް ސެންސަސް ލާމު ރިސޯޓުގެ މުވައްޒަފުން ގަސް އިންދުމާއި މަގު ބަލައިލުން

ތާރީޚް: 9 ޖަނަވަރީ 2024
ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް ލ.ގަމުގައި ހަދަމުންގެންދާ “ތަރިކަމަގު” ގައި ސިކްސް ސެންސަސް ލާމު ރިސޯޓުގެ މުވައްޒަފުން ގަސް އިންދުމާއި މަގު ބަލައިލުމުގެ ޓުއަރގެތެރެއިން.
ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެއް.
ކުރިޔަށް އޮތް ދުވަސްތަކުގައި އެހެން މުއައްސަސާތަކާ ގުޅިގެންވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ. ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމު.
ޝެއަރ ކުރައްވާ: