ފަންނާއި ސަޤާފަތާއި ތަރިކަ އާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ބައްދަލުކުރެއްވުން

ފަންނާއި ސަޤާފަތާއި ތަރިކަ އާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޠާރިޤް އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ބައްދަލުކުރެއްވުން.
މިބައްދަލުވުމުގައި ރާއްޖޭގެ އާސާރީތަންތަންް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ޖަމިއްޔާއަށް ހުރި ފުރުޞަތުތަކާއި ފަންނީގޮތުން އެހީތެރިކަން ދެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ހައްދުންމަތީގައި ހުރި އާސާރީ މިސްކިތްތަައް މަރާމާތުކުރުމަށް ވުޒާރާއާއި ކައުންސިލްތަކާއި މިޖަމިއްޔާ ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ކުރެވެންހުރިކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠޯރިޤަކީ 1980 ގެ އަހަރުތަކުން ފެށިގެން ސަޤާފީތަރިކަ ޙިމާޔަތްކުރުމުގެ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
