މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން

Atoll Council First Meeting1

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން

ތާރީޚް: 25 ޖަނަވަރީ 2023

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން 25 ޖަނަވަރީ 2023ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން.
މި ބައްދަލުވުމަކީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ނަމުގައި ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށާއި، މާއްދީ ، މަޢުނަވީ އަދި ޠަބީޢީ ތަރިކަ ދިރުވައި އާލާކޮށް މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާ ތަޢާރަފް ވުމަށާ، 2023 ވަނަ އަހަރު އަތޮޅު ކައުންސިލާ ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް.
މިބައްދަލުވުގައި ޖަމްޢިއްޔާގެ ރައީސް ތާޙާ އަބޫބަކުރު ، ނާއިބުރައީސާ މަރްޔަމް ނީނާ ، ސެކްރެޓަރީ އަޙުމަދު އަފްރާޙް އަދި މެމްބަރު އަޙުމަދު އަރްޝަދު ބައިވެރިވެފައިވޭ.

ޝެއަރ ކުރައްވާ: