ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ގަމުކައުންސިލާ ބައްދަލުކުރުން

Gancouncil2025 (3)

ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ގަމުކައުންސިލާ ބައްދަލުކުރުން

ތާރީޚް: 22 ސެޕްޓެންބަރު 2025

ހައްދުންމަތީ ގަމުކައުންސިލާއި މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. ގަމުކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވުނު ބައްދަލުވުމެވެ.

އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ޙަވާލުކުރިކަމުގެ ލިޔުން 2024 އޮކްޓޯބަރ 12 ގައި މި ޖަމިއްޔާއާ ޙަވާލުކުރެވިފައިވީނަމަވެސް ޕްރޮޖެކްޓް ނުފެށި ދިގުލައިގެން ގޮސްފައި މިވަނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީއިން ޕްރޮޖެކްޓްފެށުމަށް ހުއްދަ ނުދެއްވާތީ ކަން ކައުންސިލްގެ މައުލޫމާތަށްޓަކައި މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. ޕްލެޓްފޯމްގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިޔަށް ގެންދެވިދާނެކަމަށް 2025 ސެޕްޓެމްބަރު 14 ގައި އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) އިން ހުއްދަ ދެއްވުމާ ގުޅިގެން ޢަމަލީ މަސައްކަތްފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިޔަށް ގެންދަމުންދާކަމަށް ކައުންސިލަށް މައުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި ކައުންސިލުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.

ޝެއަރ ކުރައްވާ: