ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ލާމު އަތޮޅު ކައުންސިލާ ބައްދަލުކުރުން

Atoll Council First Meeting4

ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ލާމު އަތޮޅު ކައުންސިލާ ބައްދަލުކުރުން

ތާރީޚް: 22 ސެޕްޓެންބަރު 2025

ހައްދުންމަތީ އަތޮޅު ކައުންސިލާއި މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. ލާމު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ފެށުމުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.

އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ޙަވާލުކުރިކަމުގެ ލިޔުން 2024 އޮކްޓޯބަރ 12 ގައި މި ޖަމިއްޔާއާ ޙަވާލުކުރެވިފައިވީނަމަވެސް ޕްރޮޖެކްޓް ނުފެށި ދިގުލައިގެން ގޮސްފައި މިވަނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީއިން ޕްރޮޖެކްޓްފެށުމަށް ހުއްދަ ނުދެއްވާތީ ކަން ކައުންސިލްގެ މައުލޫމާތަށްޓަކައި މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. ޕްލެޓްފޯމްގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިޔަށް ގެންދެވިދާނެކަމަށް 2025 ސެޕްޓެމްބަރު 14 ގައި އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) އިން ހުއްދަ ދެއްވުމާ ގުޅިގެން ޢަމަލީ މަސައްކަތްފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިޔަށް ގެންދަމުންދާކަމަށް ކައުންސިލަށް މައުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.
Atoll Council First Meeting2

ޝެއަރ ކުރައްވާ: