މާތުނޑި ޕްރައިވެޓް ލިމިޓެޑުން ގަސް ހަދިޔާކުރުމާއި ތަރިކަމަގުގައި ގަސް އިންދުން

480958414 643175125326990 7380986297929896537 N

މާތުނޑި ޕްރައިވެޓް ލިމިޓެޑުން ގަސް ހަދިޔާކުރުމާއި ތަރިކަމަގުގައި ގަސް އިންދުން

ތާރީޚް: 12 މެއި 2024
ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް ލ.ގަމުގައި ހަދަމުންގެންދާ “ތަރިކަމަގު” ގައި އިންދުމަށްޓަކައި މާތުނޑި ޕްރައިވެޓް ލިމިޓެޑުން މިއަދުވަނީ ގަސް ހަދިޔާކުރުމާއި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.
ތަރިކަމަގުގައި އިންދުމަށް ގިނަ ޢަދަދެއްގެ އޮނުގަސް ހަދިޔާކޮށްދެއްވައި މިކަމުގައި ވަރަށް ފުރިހަމަ އަށް ބައިވެރިވެ ދެއްވީތީ މާތުނޑި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބުދުލްވައްޙާބު ޢަބުދު ٱللَّٰه އަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އިން ޝުކުރު ދަންނަވަމެވެ. ހައްދުންމަތީ އަތޮޅު ކައުންސިލަރ ކަމާއި ގަމު ކަތީބުކަމާއި ރަށުއޮފީހާއި ކައުންސިލްގައި ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޚިދުމަތްތެރިއެއްގެ ހައިސިއްޔަތުން މިމަގުގައި އޭނާ ވަނީ ރީތިގަހެއް އިންދަވައިދެއްވާފައެވެ.
ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމުގެ ސަސްޓެއިނަބިލިޓީ ފަންޑުގެ މާލީ އެހީތެރިކަމާއި ލ.ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ގަސް އިންދުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށާއި ގަސް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ދަންނަވަމުއެވެ.
ޝެއަރ ކުރައްވާ: