ހިތަދޫ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑު ހަރުކުރުން

ހައްދުންމަތީ ހިތަދޫގައި ހުންނަ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑެއް އެ މިސްކިތުގެ ގޯތިތެރޭގައި ހަރުކުރުމުގެ މަސައްކަތް މި ޖަމިއްޔާއިން މިއަދު ވަނީ ނިންމާފައެވެ. މި މައުލޫމާތު ބޯޑު ބެހެއްޓިފައިވަނީ ލ.ހިތަދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. މި މިސްކިތަކީ ދިވެހި ތާރީޚުގައި މަޝްހޫރު ދެއްވަދޫ ރަސްގެފާނު ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު ބިނާކުރެއްވި ހިރިގަލު މިސްކިތެކެވެ. މިސްކިތުގެ އެތެރޭގެ ބެރިތަކުގައިވަނީ ލާފެންކޮށް ރީތި ލިޔުންތަކުން ޒީނަތްތެރިކޮށްފައެވެ.
މުއްސަނދި ސަޤާފީ ތަރިކައެއް ކަމުގައިވާ ހިރިގަލުގެ މި މިސްކިތް ބަލައިލަން ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދަރިވަރުންނާއި އެންމެހައި ފަރާތްތަކަަށް އެނގެން ބޭނުންވާ މި މިސްކިތުގެ ތާރީޚީ މުހިންމު މަޢުލޫމާތު މި ބޯޑުގައި ހިމެނޭނެއެވެ. އަދި ބޯޑުގައިވާ ކިޔު.އާރް. ކޯޑް ސްކޭންކޮށްލުމުން މަޢުލޫމާތު ހިމެނޭ ވެބްޕޭޖަށްވަދެވޭނެއެވެ.
