ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން އައުޓްރީފް ސްޕޯޓްސް ކްލަބާ ބައްދަލުކުރުން

އައުޓްރީފް ސްޕޯޓްސް ކްލަބާ މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރާ ޕަރީފެންގަނޑަ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތުގެ މަސްލަހަތުވެރީންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ޕްރޮޖެކްޓްގެ ކޮންސެޕްޓާ ޕްލެޓްފޯމްގެ ޑިޒައިން އައުޓްރީފް ކްލަބްގެ މެމްބަރުންނާ ހިއްސާކުރެވުނެވެ.
މި ބައްދަލުވުމުގައި އައުޓްރީފް ކްލަބުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.
