ހިތަދޫގައިހުރި ޠަބީޢީ އަދި ސަގާފީ ތަރިކަތައް ހިމާޔަތްކުރުމާ އެތަންތަނުގެ މަންފާ އެންމެ ފައިދާހުރި ގޮތުގައި ހޯދުމަށް ގުޅިގެން ކުރެވެންހުރި ކަންކަން ދެނެގަތުމަށްޓަކައި މިޖަމިއްޔާއިން ހިތަދޫއަށް ޒިޔާރަތްކުރުން. މިދަތުރުގެ ކަންކަން އިންތިޒާމުކޮށްދެއްވީ ހިތަދޫ ކައުންސިލުންނެވެ.
Category (Event or News): Event
ސ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ތަރިކައާ ބެހޭ މަޢުލޫމާތު ދިނުން
ސ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ތަރިކައާ ބެހޭ މަޢުލޫމާތު ދިނުމަށް ގަމު ހަތްތެލި ސަރަޙައްދުގައި ބޭއްވި ސެޝަން.
ޙަމަދު ސްކޫލްގެ ދަރިވަރުންނަށް ގަމު ޕަރީފެންގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުން
ޙަމަދު ސްކޫލްގެ ދަރިވަރުންނަށް ގަމު ޕަރީފެންގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވުނު ސެޝަން
ޙަމަދު ސްކޫލްގެ ދަރިވަރުންނަށް ގަމު ހަތްތެއްޔާބެހޭ ގޮތުން މަޢުލޫމާތު ދިނުން
ޙަމަދު ސްކޫލްގެ ދަރިވަރުންނަށް ގަމު ހަތްތެއްޔާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވުނު ސެޝަން
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން 25 ޖަނަވަރީ 2023ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން.
މި ބައްދަލުވުމަކީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ނަމުގައި ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށާއި، މާއްދީ ، މަޢުނަވީ އަދި ޠަބީޢީ ތަރިކަ ދިރުވައި އާލާކޮށް މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާ ތަޢާރަފް ވުމަށާ، 2023 ވަނަ އަހަރު އަތޮޅު ކައުންސިލާ ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް.
މިބައްދަލުވުގައި ޖަމްޢިއްޔާގެ ރައީސް ތާޙާ އަބޫބަކުރު ، ނާއިބުރައީސާ މަރްޔަމް ނީނާ ، ސެކްރެޓަރީ އަޙުމަދު އަފްރާޙް އަދި މެމްބަރު އަޙުމަދު އަރްޝަދު ބައިވެރިވެފައިވޭ.
މާމެންދޫ ސްކޫލްގެ ދަރިވަރުންގެ މައިދާނީ ދަތުރުގައި ގަމު “ބޮޑަފެންގަނޑަ” ނުވަތަ މަޝްހޫރުނަމުންނަމަ “ޕަރީފެންގަނޑަށް” ޒިޔާރަތްކުރުމުން މައުލޫމާތު ދިނުން
މާމެންދޫ ސްކޫލްގެ ދަރިވަރުންގެ މައިދާނީ ދަތުރުގައި ގަމު “ބޮޑަފެންގަނޑަ” ނުވަތަ މަޝްހޫރުނަމުންނަމަ “ޕަރީފެންގަނޑަށް” ޒިޔާރަތްކުރުން. ފެންގަނޑުގެ ތާރީޚީ މައުލޫމާތާއި މިތަނުގެ ވެށީގެ ދިރުންތަކާއި ބެހޭ ގޮތުންނާއި ތިމާވެއްޓަށް މިތަނުގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭގޮތުން މިކުދީންނަށް މައުލޫމާތު ދެވިފައިވޭ.
ގަމު ހަތްތެއްޔާ ބެހޭގޮތުން ލ. މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން
ހައްދުންމަތީ ގަމުގައި ހުންނަ، ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރީ ބިނާއެއްކަމުގައިވާ ހަތްތެތްޔާ ބެހޭގޮތުން ލ. މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުން
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ހިންގާކޮމެޓީގެ ފުރަތަމަ ދައުރުގެ މަޤާމުތަކަށް ކުރިމަތިލެއްވި މެމްބަރުންގެ ތެރެއިން އިންތިޚާބުވީ މެމްބަރުން.
