ހިތަދޫގައިހުރި ތަރިކަތަކުގެ މަންފާ އެންމެ ފައިދާހުރި ގޮތުގައި ހޯދުމަށް ގުޅިގެން ކުރެވެންހުރި ކަންކަން ދެނެގަތުމަށްޓަކައި މިޖަމިއްޔާއިން ހިތަދޫއަށް ޒިޔާރަތްކުރުން

ހިތަދޫގައިހުރި ޠަބީޢީ އަދި ސަގާފީ ތަރިކަތައް ހިމާޔަތްކުރުމާ އެތަންތަނުގެ މަންފާ އެންމެ ފައިދާހުރި ގޮތުގައި ހޯދުމަށް ގުޅިގެން ކުރެވެންހުރި ކަންކަން ދެނެގަތުމަށްޓަކައި މިޖަމިއްޔާއިން ހިތަދޫއަށް ޒިޔާރަތްކުރުން. މިދަތުރުގެ ކަންކަން އިންތިޒާމުކޮށްދެއްވީ ހިތަދޫ ކައުންސިލުންނެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން 25 ޖަނަވަރީ 2023ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއާ ބައްދަލު ކުރެއްވުން.
މި ބައްދަލުވުމަކީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ނަމުގައި ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށާއި، މާއްދީ ، މަޢުނަވީ އަދި ޠަބީޢީ ތަރިކަ ދިރުވައި އާލާކޮށް މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާ ތަޢާރަފް ވުމަށާ، 2023 ވަނަ އަހަރު އަތޮޅު ކައުންސިލާ ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް.
މިބައްދަލުވުގައި ޖަމްޢިއްޔާގެ ރައީސް ތާޙާ އަބޫބަކުރު ، ނާއިބުރައީސާ މަރްޔަމް ނީނާ ، ސެކްރެޓަރީ އަޙުމަދު އަފްރާޙް އަދި މެމްބަރު އަޙުމަދު އަރްޝަދު ބައިވެރިވެފައިވޭ.

މާމެންދޫ ސްކޫލްގެ ދަރިވަރުންގެ މައިދާނީ ދަތުރުގައި ގަމު “ބޮޑަފެންގަނޑަ” ނުވަތަ މަޝްހޫރުނަމުންނަމަ “ޕަރީފެންގަނޑަށް” ޒިޔާރަތްކުރުމުން މައުލޫމާތު ދިނުން

މާމެންދޫ ސްކޫލްގެ ދަރިވަރުންގެ މައިދާނީ ދަތުރުގައި ގަމު “ބޮޑަފެންގަނޑަ” ނުވަތަ މަޝްހޫރުނަމުންނަމަ “ޕަރީފެންގަނޑަށް” ޒިޔާރަތްކުރުން. ފެންގަނޑުގެ ތާރީޚީ މައުލޫމާތާއި މިތަނުގެ ވެށީގެ ދިރުންތަކާއި ބެހޭ ގޮތުންނާއި ތިމާވެއްޓަށް މިތަނުގެ ސަބަބުން ލިބޭ ފައިދާތަކާ ބެހޭގޮތުން މިކުދީންނަށް މައުލޫމާތު ދެވިފައިވޭ.

ގަމު ހަތްތެއްޔާ ބެހޭގޮތުން ލ. މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން

ހައްދުންމަތީ ގަމުގައި ހުންނަ، ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރީ ބިނާއެއްކަމުގައިވާ ހަތްތެތްޔާ ބެހޭގޮތުން ލ. މާމެންދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން