ލޮނުޒިޔާރަތްކޮޅުގައި ހުރި “އުސްބިސްތާނަ”

ޢަބްދުﷲ ސަޢީދު

މާލޭ ލޮނުޒިޔާރަތްކޮޅަކީ ކުރީ ޒަމާނުގައި މީހުން ވަޅުލާފައި ހުރި ބިސްތާނަތައް ހުރި ތަނެކެވެ. އެ ބިސްތާނަތަކުގެ ތެރެއިން އެންމެ އެއްގަމަށްހުރި ބިސްތާނައަކަށް ކިޔަނީ އުސްބިސްތާނައެވެ. ބިސްތާނައަކީ މަހާނަ ވަށައިގެން ރާނާފައި ހުންނަ ގާފޮޅާއި އޭގެ އެތެރެއެވެ. އުސް ބިސްތާނައިގައި ހުރީ ހަތަރު ގާސަންދޯކެވެ. މި ސަންދޯއްތައް ކޮނެ ބަލައިގެން 1966 ވަނަ އަހަރު ދިވެހިރާއްޖޭގެ ތާރީޚު ކޮމެޓީން ދިރާސާއެއް ކުރިއެވެ. އެ ދިރާސާއަށްފަހު މުހިންމު ދެކަމެއް ނިންމިއެވެ. އެއީ އެ ސަންދޯއްތަކުގައި ތިބީ އިސްލާމުން ނޫންކަމަށާއި، އެ ސަންދޯއްތަކަކީ ކަލާފާނު ރަދުންގެ ދުވަސްވަރުގެ ސަންދޯއްތަކެއްކަމަށެވެ. ނުވަތަ އެއަށްވުރެ ކުރީގެ ސަންދޯއްތަކަކަށް ވެދާނެކަމަށެވެ.

އުސް ބިސްތާނަ ކޮނެގެން ބެލީ 1966 ވަނަ އަހަރުގެ ޖުލައިމަހުގެ 8 ވީ ހުކުރު ދުވަހު ހެނދުނު 7:30 ގައެވެ. އެ ބިސްތާނަ ކޮނުނީ ތާރީޚު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ހާޒިރުގައެވެ. އެއީ އަލްފާޟިލް އަޙްމަދު ޒަކީއާއި، އައްނަބީލް މަލިމް މުޙައްމަދު ދީދީއާއި، އަލްއުސްތާޛު ޢަދުނާން ޙުސައިނެވެ. ކޮނެގެން ބެލިއިރު ބިސްތާނުގައި ހުރީ ހަތަރު ގާ ސަންދޯކެވެ. ސަންދޯއްތަކުގެ މަތި ހުރީ ހިފާނެ އަތްގަނޑުތައް ލައިފައެވެ. އަދި ކޮންމެ މަތިގަނޑެއް ހުރީ މެދަށް އުސްކޮށް ދެފުރާޅަށް ގޭގެ ހިޔާކޮށްފައި ހުންގޮތަށް ދެ އަރިމައްޗަށް ތިރިވާގޮތަށެވެ. ބައެއް ސަންދޯއްތަކުގައި މަތީގާ ފުރިހަމަކޮށްފައިވަނީ ވަކިވަކި ފަސްގަލުންނެވެ. ބައެއް ސަންދޯއްތަކުގައި މަތިގަނޑުގައި އޮތީ ތިންގަލެވެ.

Lonuziyaaraiy2Lonuziyaaraiy3

އެކިކަންކަން ހިނގާގޮތް ލިޔާ ފޮތުގައި ލިޔެފައިވާ ގޮތުން އެއިން ސަންދޯކެއްގެ މަތިގަނޑުގެ މަތީގައި “ފިޔަން” މިހެން ޖަހާފައި އޮތެވެ. ފިޔަނަކީ ތެލި ފުފޭ ފަދަ ތަކެތީގައި ޖަހަން ގެންގުޅޭ މައްޗަށް ކިޔާ ނަމަކަށް ވާތީ އެއިން އެނގިގެން ދަނީ އެއީ އެ ގާސަންދޯކުގެ މަތިގަނޑުކަން އަންގައިދިނުމަށް ލިޔެފައިވާ ލިޔުމެއްކަމެވެ. ތާރީޚު ކޮމެޓީން ވެސް ނިންމީ މިގޮތަށެވެ.

ތާރީޚު ކޮމެޓީން މި ބިސްތާނަ ދިރާސާކުރުމަށް އެ ހުރިހާ ސަންދޯކެއްގެ މަތިތައް ނެގިއެވެ. ނަގައި ބެލިއިރު ކޮންމެ ސަންދޯކެއްގައި އޮތީ އެއް ގަބުރެވެ. އެ ގަބުރުތައް ހުރީ އަރިއަށް ގިބުލައަށް ވާގޮތަށް ބާއްވާފައެވެ. ނަމަވެސް ދިރާސާކުރި ޓީމުގެ މެންބަރުން ނިންމީ އެއީ އިސްލާމު ބައެއް ނޫންކަމަށެވެ. އެގޮތަށް ނިންމި ސަބަބަކީ އެއިން އެއްވެސް ގަބުރެއް ހަރަމަށް އަތް އަރުވާފައި ނުވާތީއެވެ.

އެ ތާރީޚު ކޮމެޓީން އެގޮތަށް ގަބޫލުކުރި ނަމަވެސް މުސްލިމުންގެ ތެރޭގައި ހަރަމަށް އަތް ނާރުވައި ވަޅުލައެވެ. އަދި މަރުވުމުން ނުވަތަ ކަފުންކުރާއިރު ހަރަމަށް އަތް ނަގާފައި ބޭއްވުމަކީ ދީނީގޮތުން ވަކިގޮތެއް ސާބިތުވާ ކަމެއް ނޫނެވެ. އަދި އެ ގަބުރުތައް ހުރީ މުސްލިމުން ސަންދޯކުގައި ގަބުރު ބާއްވާގޮތަށް އަރިއަށްވާގޮތަށް އަދި ގިބުލައަށްކަމަށް ވާތީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަކަށް ނުފެނެއެވެ.

ތާރީޚު ކޮމެޓީގެ ދެވަނަ ނިންމުމަކީ އެ ސަންދޯއްތަކުގެ އުމުރާ ބެހޭ ގޮތުން ނިންމި ނިންމުމެވެ. މި ނިންމުން ބިނާކުރީ ގާސަންދޯކުގެ މަތީގައި ލިޔެފައިވާ މ. ފ. ދ. ތ. ލ މި އަކުރުތަކުގެ މައްޗަށެވެ. ގާސަންދޯއްތަކުގެ މަތީގައި ތާނަ އަކުރުން މި ފަސް އަކުރު ލިޔެފައިވުމުން ތާރީޚު ކޮމެޓީގެ ފުރަތަމަ ގަބޫލުކުރުމަކީ އެ ގަބުރުތަކަކީ ކަލާފާނުގެ ޒަމާނުގެ މަހާނަތަކަކަށް ވެދާނެކަމަށް ބުނާ ބުނުމެވެ. މި ގަބޫލުކުރުމަކީ ތާނައަކުރު ލިޔަން ފަށާފައިވަނީ އެދުވަސްވަރުކަމަށްވާތީއެވެ.

ދިވެހީން ތާނައަކުރު ބޭނުންކުރަން ފެށީ މީލާދީން 17 ވަނަ ގަރުނުގެ ތެރޭގައެވެ.

ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނަކީ މީލާދީން 1585 އިން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ އުތީމު މަހާރަދުން (ބޮޑުތަކުރުފާނު) ގެ ދަރިކަލެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ތާނައަކުރު ތަޢާރަފުކުރެއްވީ ކަލާފާނަށްވުރެ ކުރިން ރަސްކަންކުރެއްވި ބައްޕާފުޅު އުތީމު މަހާރަދުންނެވެ. އެހެންކަމުން އެ މަހާނަތައް ވާނީ އެއަށްވުރެ ފަހުގެ މަހާނަތަކަކަށެވެ.

ގާސަންދޯކުގެ މަތީގައި ލިޔެފައިވާ މ. ފ. ދ. ތ. ލ. މި އަކުރުތަކާ ގުޅިގެން ތާރީޚު ކޮމެޓީގެ ދެވަނަ ގަބޫލުކުރުމަކީ އެ މަހާނަތަކަކީ ކަލާފާނު ރަދުންނަށް ވުރެ ވެސް ކުރީގެ މަހާނަތަކެއް ކަމަށް ވެދާނެކަމަށް ބުނާ ބުނުމެވެ. އެގޮތަށް ނިންމީ ތާނައަކުރަކީ ޢަރަބި އަކުރުގެ ހިސާބުއަކުރާއި ސިންގަޅަ ހިސަބު އަކުރަށް ބޭނުންކޮށް އުފެދިފައިވާ އަކުރުތަކެއް ކަމަށްވާތީއެވެ.

ތާނައަކުރު އުފެދިފައިވަނީ އަރަބިއަކުރުގެ ނުވައަކުރާއި (١ ٢ ٣ ٤ ٥ ٦ ٧ ٨ ٩) އާއި ކުރީ ޒަމާނުގައި ދިވެހިންގެންގުޅުނު ހިސާބު އަކުރުގެ ނުވައަކުރު (މ ފ ދ ތ ލ ގ ޏ ސ ޑ) ހިމަނައިގެންކަމުގައި ދިވެހިބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. މީގެތެރޭގައިވާ ޏ ގެ ބަދަލުގައި ދިވެހި ހިސާބު އަކުރުގައި ބޭނުންކޮށްފައިވަނީ، އިހުގެ ތާނަ ލިޔުމުން ފެންނަ “ނަވިޔަނި” ކިޔާ އަކުރެވެ.

މި ޙަޤީޤަތަށް ބަލާއިރު ގާސަންދޯއްތަކުގެ މަތީގައި ލިޔެފައިވާކަމަށް އެކިކަންތައްތައް ލިޔާ ފޮތުގައި އެވާ އަކުރުތަކީ ވިޔަ ނުވަތަ ހިސާބު އަކުރުތަކެކެވެ. އެއި ކުރީ ޒަމާނުގައި ދިވެހީން ބޭނުންކުރި 1 2 3 4 5 އެވެ. މި އަކުރުތައް ސަންދޯކުގެ މަތީގައި ޖަހާފައިވަނީ ސަންދޯއްތަކުގެ މަތީގައި އަތުރާފައިވާ ގާތަކުގެ ތަރުތީބު ބުނެދިނުމަށް ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި މ ފ ދ ތ ލ ލިޔެފައި ވަނީ ފަސް ގަލުން މަތިގަނޑު ހަދާފައިވާ ސަންދޯކުގައެވެ.

މި ބިސްތާނައާ ބެހޭ ތާރީޚީ އެހެން ލިޔެކިޔުމެއް އޮތްކަމެއް އަދިއަދަށް ދާންދެންވެސް ނޭނގެއެވެ. ތާރީޚު ކޮމެޓީން ވެސް ސަންދޯއްތައް ބަލައި، ފޮޓޯނެގުމަށްފަހު މަތިޖަހައި ފަސްލީއެވެ.

ލޮނުޒިޔާރަތްކިޔާ ސަރަޙައްދު ނައްތާލީ ރައީސް އިބްރާހީމް ނާޞިރު ވެރިކަމުގައި މާލޭގެ ތާރީޚީ ތަންތަން ތަޅައި ނައްތާލުމަށް ހިންގެވި ޙަރަކާތްތަކުގެ ތެރޭގައެވެ. އެއަށްފަހު ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ލޮނުޒިޔާރަތްކޮޅުގައި ހުރި ބިސްތާނުތައް ނައްތާލައި ފޮރުވާލެވުނުއިރު އުސްބިސްތާނަ ވެސް ވަނީ ފޮރުވާލެވިފައެވެ.

މަޢުލޫމާތު: އެކިކަންކަން ހިނގާގޮތް 10

ޙާޖީ ބަންޑާރައިންގެ ޖިހާދު

ލިޔުނީ: ޢަބްދުﷲ ސަޢީދު

ޙާޖީ ބަންޑާރައިންނަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ ނަންފުޅަކީ މުޙައްމަދު މަނިކުފާނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ފަހު ރަސްކަންކުރެއްވީ މި ރަދުންނެވެ. ތާރީޚުގައި ޙާޖީ ބަންޑާރައިން އަދި ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް މި ރަދުންނެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1766 އިން 1773 އަށެވެ. އެއީ ހިޖުރައިން 1180 އިން 1187 އަށެވެ.

ޙާޖީ ބަންޑާރައިންނަށް މަލާބާރީން (ހޮޅީން)ގެ ގުރާބުތަކެއް ރާއްޖެ ހިފަން އަންނަ ޚަބަރު ލިބިވަޑައިގަތީ ރޯދަމަހެއްގައި ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ދެނަމާދު ދޭތެރޭގައެވެ. އެއީ ހިޖުރައިން 1184 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރު ދުވަހެވެ. އެ ޚަބަރު ލިބިވަޑައިގެންނެވީ އޭގެ ދެ ދުވަސްކުރިން (ރަމަޟާންމަހުގެ 9 ވަނަ ދުވަހު) އެ ރަދުންގެ ދަރިކަނބަލަކު އަވަހާރަވެގެން އެކަމުގެ “މޮޅި ހާލުކޮޅުގައި” އިންނަވަނިކޮށް ކަމަށް ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވެއެވެ.

ރަދުންނަށް މަޢުލޫމާތު ލިބިވަޑައިގަތީ ހޮޅީންގެ 2 ގުރާބާއި، 4 ނަވާއި، 8 އޮޑި ކެލާކައިރިން ރާއްޖެ ވަދެގެން ދައްޕަރާ ދިމާއަށް ދަތުރުކުރާ ކަމަށެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތްޕުޅު ރަދުން ފެއްޓެވިއެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ “ތާރީޚު އިސްލާމި ދީބާ މަޙަލް” ގައި އޮތީ ދުޝްމަނުން އައީ 6 ނަވާއި، 9 އޮޑީގައި ކަމަށެވެ.

ދުޝްމަނުންނާ ދެކޮޅަށް ޙާޖީ ބަންޑާރައިން ޢަމަލީގޮތުން ހަގުބޭކަލެއްގެ ގޮތުގައި އަތްޕުޅުން ބަޑި ހިއްޕަވައިގެން ޖިހާދު ކުރެއްވިއެވެ. ފީސާ ބައްދަވައިގެން ކަނޑިއާއި ފިސްތޯލައާއި ލޮންސި ތައްޔާރުކުރައްވައި ބޮޑުބަޑިތަކަށް ބޭސް އަޅުއްވާ ހެއްދެވިއެވެ. ފީސާ ބެއްދެވުމަކީ ހަނގުރާމައިގެ ދަޚަނާކޮޅާއި ކަމަރުކޮޅު އުތުރުކުރެއްވުން ކަމަށް ބެލެވެއެވެ. މި ޖިހާދުގައި ދިވެހި ލަޝްކަރުގެ އެންމެ އިސްވެރިޔަކީ ޙާޖީ ބަންޑާރައިންކަމަށް ވިޔަސް ހަނގުރާމައިގެ ކޮމާންޑަރެއްގެ ގޮތުގައި އިސްކުރެއްވީ ދޮށީ ދަރިކަލުން އިބްރާހީމެވެ.

މި ޖިހާދަށް ޙާޖީ ބަންޑާރައިން ފެއްޓެވީ މާލޭގައި އޭރު ހުންނެވި ސައްޔިދު ބޭކަލަކު ލައްވައި ޞަލަވާތް ކިޔުއްވައި، ހަނގުރާމައިގެ ދިދަ ނެންނެގުމަށްފަހުގައެވެ. ވަކި ވަރަކަށް ދިދަ ނެންގެވުމަށްފަހު ދިދަ ހަވާލު ކުރެއްވީ އެ ސައްޔިދު ކަލޭގެފާނު އަރިހުގައި އުޅޭ ޢުމަރު ކިޔާ ޢަރަތްބަކާއެވެ. އޭނާ ދިދަ ނަގާ ޖެއްސުމުން އޮތީ ރަދުންނަށް ބައިޢަތު ހިފުމެވެ. ސައްޔިދު ކަލޭގެފާނު ގޮވާލެއްވިއެވެ. “ބަންޑާރައިން (ރަދުން) ވީއްލައިނުލައި (ދޫކޮށްނުލައި) އިސްލާމްދީނަށް ޓަކައި ސުވަރުގެ ވަންނާނީ ކޮން މީހަކު (ކާކު) ހެއްޔެވެ. ތިމަންނާ އަރިއަހު (ކައިރީގައި) ބުނާށެވެ.” މި ގޮވާލުމަށް އެ ތަނުގައި ތިއްބެވި ރަސްކަމުގެ ބޮޑުން ޙާޖީ ބަންޑާރައިންނަށް ބައިޢަތު ހިއްޕެވިއެވެ. އެއަށްފަހު ސައްޔިދު ކަލޭފާނު އަމުރު ދެއްވީމާ ޙާޖީ ބަންޑާރައިންގެ އަތްޕުޅުން ދުޝްމަނުންނަށް ހަމަލާދޭން އޮތް އެއް ބޮޑުބަޑިއަށް ލާަޖަހައި ނިވާލި އަޅުއްވައި ތައްޔާރީ ހާލަތަށް ގެންނެވިއެވެ. ބަޑީލާ ޖެހުމަކީ ބަޑީއަށް ބޭސް އަޅައި ހިމަ ދަގަނޑަކުން ގެންނެވުމެވެ. ނިވާލިއަކީ އުންޑަ ނާޅައި ބޮޑުބަޑި ޖަހާއިރު އުންޑައިގެ ބަދަލުގައި ލާ ބޮނޑިއެވެ.

ހޮޅީންގެ ލަޝްކަރު ރާއްޖޭގެ އެކި ތަންތަނުގައި ޖައްސަމުން މާލެއާ ހަމައަށް ފޯރީ ޛުލްޤަޢިދާމަހުގެ 28 ވީ އަންގާރަ ދުވަހުއެވެ. ދުޝްމަނުންގެ ލަޝްކަރު ދޫނިދުއާއި ވިހަމަނާފުށްޓާ ދޭތެރޭގައި ބަނދަރުކޮށް، ހުޅުލެއަށާއި ފުނަދުއަށް ފައިބާ ފަސްބާޑިޖެހިއެވެ. މާލެއަށް ހަމަލާދިނީ ފުނަދުއަށް ބަޑިތައް ބާލައިގެން އެ ރަށުގައި ތިބެގެންނެވެ. މާލޭއިން ދިފާޢުގައި ބަޑި ޖަހަމުން ދިޔައީ މާލޭގައި އޭރު ހަދާފައި ހުރި ބައެއް ބަޑި ބުރުޒުތަކުންނެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވާގޮތުން މި ހަނގުރާމައިގައި ދުޝްމަނުން 597 އުންޑަ މާލެއަށް ފޮނުވާލިއެވެ. މާލެއިން ދުޝްމަނުންނާ ދެކޮޅަށް 245 ފަހަރު ބަޑިޖެހިއެވެ. ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވާ އަދަދުތަކަށް ބަލާއިރު 246 ވެއެވެ. އެއީ ބޮޑު ބުރުޒާއި މާފަތްވަރާއި ހަކުރަވަރުން ޖެހި 40 ބަޑިއާއި، ރަންޖެހި ގަނޑުވަރު ބުރުޒުން ޖެހި 98 ބަޑިއާއި، ނާނޭ ބުރުޒުން ޖެހި 63 ބަޑިއާއި، އޮއިކޮޅު ބުރުޒުންޖެހި 10 ބަޑިއާއި، އައު ބުރުޒުން ޖެހި 33 ބަޑިއާއި، ދުޝްމިނުން ވިލިނގިއްޔަށް ދެ ބައްތެލީގައި ދާން އުޅޭތީ ޢީދު މިސްކިތު ބުރުޒުން ބައްތެއްޔަށް ޖެހި 2 ބަޑިއެވެ.

ހަނގުރާމައިގެ ތެރޭގައި ޙާޖީ ބަންޑާރައިން ރައްޔިތުންނަށް ހިތްވަރު ދެއްވައި ވިދާޅުބަސްފުޅެއް އިއްވިއެވެ. އެ ބަސްފުޅަކީ ހޮޅީން ހުޅުލޭންނާއި، ފުނަދޫންނާއި އެ ބައިމީހުންގެ ހުރިހާ ނާޒޯންގުން (އުޅަނދުތަކުން) ބަޑިތަޅަމުން މާލެވަށައިގެން ރަށަށް އަރާން ވެސް އުޅޭނެއެވެ. އޭރުން އެއްވެސް މީހަކު ހޮޅީންގެ ގަދަކަމާމެދު ފިކުރު ނުކުރާށެވެ. މާތްރަސްކަލާގެ ކީރިތިކަމާއި ކުޅަދުންވަންތަކަން ހިތަށް އަރުވާށެވެ. ޣިޔާޘުއްދީން ރަދުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ތިބީ އެގޮތުގައެވެ.

މި ހަނގުރާމައިގައި ދުޝްމަނުން މާލެއަށް ދިން ޙަމަލާތަކުގައި ދެ އަންހެނަކާއި އެތަނުން އެކެއްގެ އުރުގައި އިން ކުޑަ ކުއްޖަކު ޝަހީދުވިއެވެ. މާލެއިން ދުޝްމަނުންނަށް ދިން ހަމަލާތަކުން ދުޝްމަނުންގެ އެކަކު މަރުވިއެވެ. އެމީހާ ވަޅުލީ ހުޅުލޭގައެވެ.

ރަމަޟާން މަސް ނިމުނުއިރު ދުޝްމަނުން މާލެއަކަށް ހަމަލާއެއް ނުދެއެވެ. އެހެންވެ މާލެއިން ވެސް ހަމަލާއެއް ނުދެއެވެ. ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އޮޑިފަހަރު ފަހައި ކަނޑުމަތީގައި ހަމަލާ ބަދަލުކުރިއެވެ. އެންމެފަހުން ދުޝްމަނުން ބަލިވެގެން ރާއްޖެ ދޫކޮށް ފުރީއެވެ. އެ މީހުންގެ ފަހަތުން ރާއްޖޭގެ ލަޝްކަރު ފޮނުވިއެވެ. އެ ލަޝްކަރުގައި ހިމެނުނީ ގުރާބަކާއި ދެ ބަނޑުއޮޑިއާއި، އަރުމާޒު އޮޑިއަކާއި، ރޯނުޖެހި ތިން މަސްދޯންޏެވެ.

ހޮޅީން ރާއްޖެ ހިފާނެކަމަށް ބަލައި އަލީރާޖާ ފޮނުވި ފަތާއި، ހަދިޔާއާއި އިނާމާއި ހަވާދު ހިފައިގެން އައި މަލިކު އޮޑިއެއް މާޅޮސްމަޑުލު ކިނޮޅޮހު ބޭރުގައި އޮތް ޚަބަރު ލިބިގެން އެ އޮޑިދޮށަށްގޮސް ދިވެހި ލަޝްކަރުގެ ބާރުގެ ދަށަށް އެ އޮޑި ގެނައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ބަޑިއެއް ފަޅައިގެންގޮސް ދިވެހި ލަޝްކަރުގެ ދެ ބޭކަލަކު ޝަހީދުވެ، އެއް ބޭކަލަކު ވަރަށް ބޮޑަށް ޒަޚަމުވިއެވެ.

މި ޖިހާދުން ނަޞްރުން ލިބުމާގުޅިގެން ފަނޑިޔާރު ތަކުރުފާނު ލައްވައި ދަރިކަލުންނަށް “އައްސުލްޠާނުލްޣާޒީ އިބްރާހީމް” މި ނަންފުޅު ދެއްވިއެވެ. އަދި ހޮޅީން އަތުން އެ އަހަރު އަތުލައިގެންނެވި ބައެއް ބަޑީގެ ހަރުތަކުގައި މި ދަރިކަލުންގެ ނަންފުޅު އެޅުއްވިއެވެ.

ރިފަރެންސް:

ޙަސަން ތާޖުދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.

މުޙައްމަދު ޣިޔާޘުއްދީން. (2011). ޙާޖީ ބަންޑާރައިންގެ ހަނގުރާމަ. ފަތްތޫރަ 378. 2-5

ބޯގަފަތްކޮޅުތަކުން އެނގެނީ ކޯއްޗެއް؟

ޠާހާ އަބޫބަކުރު

15 ފެބުރުވަރީ 2018މ.

އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުން ކަމަށެވެ.  ބޯގަ ފަތްކޮޅުތަކަށް ވިސްނާއިރު ބައެއް ފަތްކޮޅުތަކުގައި މިސްކިތްބެލެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން މުދިމަކާއި އިތުރު މީހުންގެ ޚަރަދު ބަރަދުވެސް ހިމެނިފައި އޮވެއެވެ. އަދި އެބަޔެއްގެ ޒިންމާތައްވެސް ލިޔެވިފައި ހުރެއެވެ. ވަޤުފު ބެލެހެއްޓުމުގެ ޙަވާލުވެރިންނަކީ ތައުލިޔަމޫލަވެރިންނެވެ. ބައެއް ފަހަރު އެއީ މިސްކިތް ބިނާކުރި ފަރާތެވެ. ނުވަތަ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ބަޔެކެވެ. ބޯގަފަތްކޮޅުތަކުގައި މޫލަވެރިންނަށް ހުރި މަންފާތަކުގެ އިތުރުން ޢިނާޔަތާއި ޚާއްޞަކަންކަންވެސް ބަޔާންވެފައި ހުރެއެވެ. ވެރިކަމުގެ ފަރާތުން އަންގާ އެހެނިހެން ބައެއް އަމުރުތައްވެސް އޭގެ ތެރޭގައި ހިމެނިފައި ހުންނަތަން ފެނެއެވެ. މިސްކިތުގެ މުޤައްދަސްކަމާއި މިސްކިތް ބިނާކޮށް، ބެލެހެއްޓުމާއި ޚައިރާތްކުރުމުގެ މަތިވެރި ސަވާބުގެ ވާހަކަތައް ގެނައުމަށްފަހު މިސްކިތަށް ގެއްލުންދީ، ވަޤުފުކުރެވޭ ތަކެތީގެ ޖެހުމުގެ ނުބައިކަމަށްވެސް ފަތްކޮޅުތަކުގައި އަލިއަޅުވާލާފައި ހުރެއެވެ.

އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ދިވެހިންގެ އެޒަމާނަށް  އަޅުގަނޑުމެން ގެންގޮސްދޭ ފާލަމެކެވެ. މާޒީގެ އެމަންޒަރުތައް ދައްކުވައިދެނީ ފިލްމު ފީތާއަކުން މަންޒަރުތައް ދައްކުވައިދޭ ފަދައިންނެވެ. ސިފަވެގެންދަނީ ދިވެހި ރަސްކަމުގެ ކީރިތި މޫރިތި ކަމާއި ޝާނާއި ޝައުކަތުގެ ދަރުބާރެވެ. ރައްޔިތުންގެ ފަރާތުން މައްސަލަތަކާއި އާދޭސްތައް ހުށައަޅާގޮތެވެ. އެއަށް “ހިރިޔާފާތުރަ ދަށުން” ލިބިގެންދާ އީޖާބެވެ. އިޤުތިޞާދީގޮތުން ކަންކަން ހުރިނެތް ގޮތެވެ. އިޖުތިމާޢީ މައްސަލަތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތްތެރިކަމެވެ. ދިވެހިންގެ ޢިލްމީ އަދަބީ ޤާބިލްކަމެވެ. ވަކި ޚާއްޞަ ނިޒާމެއްގެ މަތިން ތަރުތީބުވެގެން ހިނގަމުންދާ މުސްތަޤިއްލު ވެރިކަމުގެ ދީވާނުގެ އުސޫލުތަކާއި އާދަކާދައެވެ. މައް ދިވެހިރައްވެހިކަމުގެ ސިފަތަކެވެ. މިނޫނަސް އެތައް އެތައް ކަމެކެވެ.

އެންމެ އިހުގައި މިސްކިތްތަކަށް ދީފައިވާ ބޯގަފަތްކޮޅުތަކަކީ މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގެ ލޯމާފާނުތަކެވެ. ލޯމާފާނުތައް ލިޔެވިފައިހުރީ ލޮއި ފޮތިތަކެއްގައި އެވޭލާ އަކުރުން ކަނޑާ ނަގައިގެންނެވެ. ނަމަވެސް ކަށިކެޔޮ ފަތާއި، ފަންވަތުގައި ވެސް ބޯގައިގެ ލިޔުންތައް ލިޔެވެމުންދިޔަ ދުވަސްވަރެއް އޮތްކަމުގައި ތާރީޚު ޢިލްމުވެރިން ފާހަގަކުރައްވައެވެ. ލޯމާފާނަށްފަހު އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ކަރުދާހުގައި ދެލިން ލިޔެފައިވާ ފަތްކޮޅުތަކެކެވެ. ބައެއް ފަތްކޮޅުތައްހުރީ ދިވެހި ނުވަތަ ދިވެސް އަކުރުންނެވެ. އަނެއްބައި ފަތްކޮޅުތައް ތާނައަކުރުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަޞީލަތްތައް ހުރިގޮތުންނާއި ތާރީޚަށް ލޯބިކުރާ މީހުން މަދުވުމުގެ ސަބަބުން އެވޭލާ އަކުރާއި ދިވެސް އަކުރުން ހުރި ފަތްކޮޅުތައް ކިޔާން ދަންނަ މީހުންވެސް އަމުދުން ނެތެވެ. ދިވެހިތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަހުމަދު ޝަފީޤް (1994) ވިދާޅުވެފައިވަނީ “އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ”.

އަޙުމަދު ޝަފީޤު، އެވޭލާއަކުރު، 1994މ.

ޢަބުދުﷲ ޙިލްމީ، ކޮނޑޭ ކުޑަމިސްކިތުގެ ފަތްކޮޅު، 07 އޮކްޓޯބަރު 2012މ. http://www.galehiri.com

ދިވެހިބަހުގެ އެކެޑަމީ، ބަސްފޮތް،  2014މ.

“ހައިބަތްތެރި” ނުވަތަ “ބޮޑު” މިމާނައިގާ ބޭނުންކުރެވޭ ސެންސްކްރިތު

މިތަން އަލުން ދިރާސާކޮށް، ކުރިންހުރިގޮތަށް އަލުން އިއާދަކޮށްފިނަމަ (ރީސްޓޯރކޮށްފިނަމަ)، މިއީ ދުނިޔޭގެ ފެންވަރުގައިހުރި މިފަދަ ޤަދީމީތަންތަނުގެ ލިސްޓަށް އިތުރުވެގެންދާނެ ތަނެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެތެރޭގައި އުނިކަމެއް އިޙުސާސްކުރަންޖެހިފައިވާ “އާސާރީ” ތަރިކަތައް މަދުވުން ފޫބައްދައިދޭނެ ތަނެކެވެ. އޭގެ ސަބަބުން އިޤްތިޞާދީގޮތުން މިސަރަޙައްދަށް ވަރަށްބޮޑު ފައިދާތަކެއް ލިބިގެންދާނެއެވެ. ދުނިޔޭގައި އެންމެގިނަ އިސްލާމުން ދިރިއުޅެމުންދާ ޤައުމު ކަމަށްވާ އިންޑޮނޭޝިޔާގައި ވެސް މީލާދީން 800 ގެ އަހަރުތަކުގެތެރޭގައި ބިނާކޮށްފައިހުރި މިފަދަ އާސާރީ ތަނެއްވަނީ 1982 ވަނައަހަރު އަލުންއިޢާދަކޮށް މަރާމާތުކޮށްފައެވެ. މިމަސައްކަތްކުރީ ޔުނެސްކޯގެ އެހީގައި އިންޑޮނޭޝިޔާ ސަރުކާރުންނެވެ.

ހަރު އަލުންއިޢާދަކޮށް މަރާމާތުކޮށްފައެވެ. މިމަސައްކަތްކުރީ ޔުނެސްކޯގެ އެހީ

“މަހަބަދިކަލޯ” މިނަމާއިމެދުވެސް ވިސްނާލަންޖެހެއެވެ. އަޅުގަނޑަށް