ހައްދުންމަތީ ހިތަދޫގައި ހުންނަ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑެއް އެ މިސްކިތުގެ ގޯތިތެރޭގައި ހަރުކުރުމުގެ މަސައްކަތް މި ޖަމިއްޔާއިން މިއަދު ވަނީ ނިންމާފައެވެ. މި މައުލޫމާތު ބޯޑު ބެހެއްޓިފައިވަނީ ލ.ހިތަދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. މި މިސްކިތަކީ ދިވެހި ތާރީޚުގައި މަޝްހޫރު ދެއްވަދޫ ރަސްގެފާނު ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު ބިނާކުރެއްވި ހިރިގަލު މިސްކިތެކެވެ. މިސްކިތުގެ އެތެރޭގެ ބެރިތަކުގައިވަނީ ލާފެންކޮށް ރީތި ލިޔުންތަކުން ޒީނަތްތެރިކޮށްފައެވެ.
މުއްސަނދި ސަޤާފީ ތަރިކައެއް ކަމުގައިވާ ހިރިގަލުގެ މި މިސްކިތް ބަލައިލަން ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދަރިވަރުންނާއި އެންމެހައި ފަރާތްތަކަަށް އެނގެން ބޭނުންވާ މި މިސްކިތުގެ ތާރީޚީ މުހިންމު މަޢުލޫމާތު މި ބޯޑުގައި ހިމެނޭނެއެވެ. އަދި ބޯޑުގައިވާ ކިޔު.އާރް. ކޯޑް ސްކޭންކޮށްލުމުން މަޢުލޫމާތު ހިމެނޭ ވެބްޕޭޖަށްވަދެވޭނެއެވެ.
ހައްދުންމަތީ ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. އތމ ކޮމެޓީގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތުގެ މަސްލަހަތުވެރީންނާއެކު ބޭއްވުނު ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ކޮމެޓީންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޓުއަރގައިޑް ޓްރޭނިންގ ގުޅިގެން ހިންގުމާމެދުގައި މަޝްވަރާކުރެވިފައިވެއެވެ.
އައުޓްރީފް ސްޕޯޓްސް ކްލަބާ މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރާ ޕަރީފެންގަނޑަ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތުގެ މަސްލަހަތުވެރީންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ޕްރޮޖެކްޓްގެ ކޮންސެޕްޓާ ޕްލެޓްފޯމްގެ ޑިޒައިން އައުޓްރީފް ކްލަބްގެ މެމްބަރުންނާ ހިއްސާކުރެވުނެވެ.
މި ބައްދަލުވުމުގައި އައުޓްރީފް ކްލަބުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލާއި މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. ލާމު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ފެށުމުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.
އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ޙަވާލުކުރިކަމުގެ ލިޔުން 2024 އޮކްޓޯބަރ 12 ގައި މި ޖަމިއްޔާއާ ޙަވާލުކުރެވިފައިވީނަމަވެސް ޕްރޮޖެކްޓް ނުފެށި ދިގުލައިގެން ގޮސްފައި މިވަނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީއިން ޕްރޮޖެކްޓްފެށުމަށް ހުއްދަ ނުދެއްވާތީ ކަން ކައުންސިލްގެ މައުލޫމާތަށްޓަކައި މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. ޕްލެޓްފޯމްގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިޔަށް ގެންދެވިދާނެކަމަށް 2025 ސެޕްޓެމްބަރު 14 ގައި އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) އިން ހުއްދަ ދެއްވުމާ ގުޅިގެން ޢަމަލީ މަސައްކަތްފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިޔަށް ގެންދަމުންދާކަމަށް ކައުންސިލަށް މައުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.

ހައްދުންމަތީ ގަމުކައުންސިލާއި މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. ގަމުކައުންސިލްގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވުނު ބައްދަލުވުމެވެ.
އެންދެރި ޕްރޮޖެކްޓްގެ ސްމޯލްގްރާންޓް ޙަވާލުކުރިކަމުގެ ލިޔުން 2024 އޮކްޓޯބަރ 12 ގައި މި ޖަމިއްޔާއާ ޙަވާލުކުރެވިފައިވީނަމަވެސް ޕްރޮޖެކްޓް ނުފެށި ދިގުލައިގެން ގޮސްފައި މިވަނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީއިން ޕްރޮޖެކްޓްފެށުމަށް ހުއްދަ ނުދެއްވާތީ ކަން ކައުންސިލްގެ މައުލޫމާތަށްޓަކައި މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. ޕްލެޓްފޯމްގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިޔަށް ގެންދެވިދާނެކަމަށް 2025 ސެޕްޓެމްބަރު 14 ގައި އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) އިން ހުއްދަ ދެއްވުމާ ގުޅިގެން ޢަމަލީ މަސައްކަތްފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިޔަށް ގެންދަމުންދާކަމަށް ކައުންސިލަށް މައުލޫމާތު ދެވުނެވެ. މި ބައްދަލުވުމުގައި ކައުންސިލުންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ.
މިނިވަން 60 ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން ފޮނަދޫ ކައުންސިލާއި ހައްދުންމަތީ ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ލާމު ފެމިލީ ސެންޓަރ އާއި ގުޅިގެން 31 ޖުލައި 2025 ގައި ކުރިޔަށް ގެންެދެވުނު މިނިވަން ހަވީރުގެ ތެރެއިން
ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާ މަޝްހޫރު ޚާލިދުއަލްމެރީއަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ މަސައްކަތްތަކާ ބެހޭގޮތުންނާއި ރާއްޖޭގެ އާސާރީތަންތަނާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިޖަމިއްޔާއިން މިއަދު ކުރިޔަށް ގެންދެވުނެވެ.

ހައްދުންމަތީ ގަމުގެ ސަގާފީ ތަރިކައެއް ކަމުގައިވާ ހަތްތެއްޔާއި ޠަބީޢީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ޕަރީފެންގަނޑާއި މި ދެތަން ގުޅުވާލުމަށް ހަދާފައިވާ ތަރިކަމަގު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިއަދު މިޖަމިއްޔާއިން ވަނީ ފަށާފައެވެ. މިއީ ގަމު ކައުންސިލުން އިއުލާންކޮށްގެން އެތައް ފަރާތަކުން ކުރިމަތިލި މަސައްކަތެކެވެ. މި ޖަމިއްުޔާއަށް މަސައްކަތް ލިބިފައިވަނީ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޕޮއިންޓް އެއްވަރުވުމުގެ ސަބަބުން ގުރުއަތު ނަގައިގެންނެވެ.