ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން މިއަދު ގަމު ޕަރީފެންގަނޑަށް ޒިޔާރަތްކުރިއެވެ. މި ދަރިވަރުންނަށް މި މުހިންމު ތަރިކައާ ބެހޭގޮތުންނާއި މޫސުމީ ބަދަލުތަކުން ރައްކާތެރިކޮށްދިނުމުގައި ކަނޑޫފާ ޗަސްބިންތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މައުލޫމާތުދެވުނެވެ.
Category (Event or News): Event
މާވަށު ސުކޫލުގެ ހޭންޑްބޯޅަ ޓީީމުގެ ދަރިވަރުންނާއި އޮފިޝަލުންނަށް ގަމު ހަތްތެއްޔާ ގުޅޭމައުލޫމާތު ދެއްވުން.
މާވަށު ސުކޫލުގެ ހޭންޑްބޯޅަ ޓީީމުގެ ދަރިވަރުންނާއި އޮފިޝަލުންނަށް ގަމު ހަތްތެއްޔާ ގުޅޭ މައުލޫމާތު ދިނުން. މި.ސެޝަން ކުރިއަށްގެންގޮސްދެއްވި ޖަމްއިއްޔާގެ ރައީސް އަލްފާޟިލް ޠާހާ އަބޫބަކުރުއެވެ .
ވީއައިއެޗްއެސްގެ ދަރިވަރުންނަށް ހައްދުންމަތީގެ ތާރީޚީ މައުލޫމާތު ދިނުން
ވީއައިއެޗްއެސް ސަގާފީ ދަތުރު 2024ގެ ބައިވެރިންނަށް ހައްދުންމަތީގެ ތާރީޚީ މައުލޫމާތު ދިނުމަށް މިޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރު ނަންގަވައިދެއްވި ސެޝަންގެ ތެރެއިން
“ތަރިކަމަގު” ގައި އިންދުމަށްޓަކައި ހޮރައިޒަން ފިޝަރީޒްގެ މުވައްޒަފުން ގަސް ހަދިޔާކުރުމާއި ގަސް އިންދުން

“ތަރިކަމަގު” ގައި ސިކްސް ސެންސަސް ލާމު ރިސޯޓުގެ މުވައްޒަފުން ގަސް އިންދުމާއި މަގު ބަލައިލުން
ލ.މާބައިދޫ ކޯރާއި ފުށިކަނޑު ސަރަހައްދު ހިމާޔަތްކުރިކަން އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް
“ތަރިކަމަގު” ގައި ގަސް އިންދަންފެށުމުގެ ގޮތުންގަމުކައުންސިލުގެ މުވައްޒަފުން ގަސް އިންދުން
ހައްދުންމަތީ އަތޮޅު ކައުންސިލުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ލ. އަތޮޅު ކުލަބް/ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ހުށަހެޅުއްވުމުން އެފަރާތަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން.
ލ.ހިތަދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.
މި އެގްރީމަންޓްގެ ދަށުންހިތަދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްކޮށް އަރުޝީފު ކުރުމުގެ މަސައްކަތާއި ދިވެހި ބަހާއި ޤައުމިއްޔަތުގެ ރޮނގުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ.
“ތަރިކަމަގު” މަޝްރޫޢުގެ އަދާހަމަ ގަމުކައުންސިލާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން
ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ލ.ގަމުގައި ކުރިޔަށްގެންދާ “ތަރިކަމަގު” މަޝްރޫޢުގެ އަދާހަމަ ގަމުކައުންސިލާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން.
މިބައްދަލުވުމުގައިވަނީ ތަރިކަމަގުގައި ގަސް އިންދަންފެށުމުގެ ގޮތުންގަމުކައުންސިލާއި އައުޓްރީފް ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ ގުޅިގެން 30 ޑިސެންބަރު ވާ ހޮނިހިރު ދުވަހުގައި ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައި. ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލުގެ މާލީ އެހީތެރިކަމާއި ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު ހިންގާ މަޝްރޫޢެއް.
ކުރިޔަށް އޮތް ދުވަސްތަކުގައި އެހެން މުއައްސަސާތަކާ ގުޅިގެންވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ.
