ޓުއަރގައިޑް ޓްރޭނިންގ ފެށުން

ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގައި ހިމެނޭ ޓުއަރގައިޑް ޓްރެއިނިންގ ރަސްމީކޮށް ފެށިއްޖެއެވެ. މޯލްޑިވްސް ހެރިޓޭޖު ސޮސައިޓީ އިން މި ތަމްރީން ހިންގަނީ ޕަރީ ފެންގަނޑަ ފަދަ ޙިމާޔަތްކުރެވޭ ޤުދުރަތީ ތަރިކަތަކާއި އެހެނިހެން ސަޤާފީ ތަރިކަތަކުގެ މައުލޫމާތު ދޭނެ ޓުއަރ ގައިޑުން އުފެއްދުމަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓްގެ ދަށުން ހިންގާ އެންދެރި ޕްރޮޖެކްޓް މާލީ އެހީތެރިކަމުގެ ދަށުން މި ޖަމިއްޔާއިން މިތަމްރީން ކުރިޔަށްގެންދަނީ ލ.ގަމު އތމ ކޮމެޓީ އަދި ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެންނެވެ.

އައްޑޫ ސިޓީ ހިތަދޫ އަވަށު އޮފީހުގެ އިސްވެރިންނާ ބައްދަލުކުރުން

އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގެ އިސްވެރިން ހިމެނޭ ވަފުދަކާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބައްދަލުވުމެއް މިއަދު ލ.ގަމުގައި ބޭއްވުނެވެ.
މި ބައްދަލުކުރެއްވުމުގައި ޖަމިއްޔާގެ ހަރަކާތްތަކުގެ މައުލޫމާތުތައް މި ޓީމާ ހިއްސާކުރެވުނެވެ. އަދި އައްޑޫސިޓީގެ ސަގާފީ ތަރިކަތައްކަމުގައި ހިމެނޭ މުހިންމު ތަންތަނުގެ މަޢުލޫމާތު ހިމެނޭ ބޯޑުތައް އެ ސަރަހައްދުތަކުގައި ހަރުކުރުން ފަދަ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ހިތަދޫ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑު ހަރުކުރުން

ހައްދުންމަތީ ހިތަދޫގައި ހުންނަ އާސާރީ މިސްކިތާބެހޭ މައުލޫމާތު ބޯޑެއް އެ މިސްކިތުގެ ގޯތިތެރޭގައި ހަރުކުރުމުގެ މަސައްކަތް މި ޖަމިއްޔާއިން މިއަދު ވަނީ ނިންމާފައެވެ. މި މައުލޫމާތު ބޯޑު ބެހެއްޓިފައިވަނީ ލ.ހިތަދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. މި މިސްކިތަކީ ދިވެހި ތާރީޚުގައި މަޝްހޫރު ދެއްވަދޫ ރަސްގެފާނު ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު ބިނާކުރެއްވި ހިރިގަލު މިސްކިތެކެވެ. މިސްކިތުގެ އެތެރޭގެ ބެރިތަކުގައިވަނީ ލާފެންކޮށް ރީތި ލިޔުންތަކުން ޒީނަތްތެރިކޮށްފައެވެ.

މުއްސަނދި ސަޤާފީ ތަރިކައެއް ކަމުގައިވާ ހިރިގަލުގެ މި މިސްކިތް ބަލައިލަން ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދަރިވަރުންނާއި އެންމެހައި ފަރާތްތަކަަށް އެނގެން ބޭނުންވާ މި މިސްކިތުގެ ތާރީޚީ މުހިންމު މަޢުލޫމާތު މި ބޯޑުގައި ހިމެނޭނެއެވެ. އަދި ބޯޑުގައިވާ ކިޔު.އާރް. ކޯޑް ސްކޭންކޮށްލުމުން މަޢުލޫމާތު ހިމެނޭ ވެބްޕޭޖަށްވަދެވޭނެއެވެ.

 

ޕަރީފެންގަނޑަ ޕްލެޓްފޯމް މަޝްރޫޢާ ބެހޭގޮތުން ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރުން

ހައްދުންމަތީ ގަމު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ މިޖަމިއްޔާގެ ބައްދަލުވުމެއް މިއަދު ބޭއްވުނެވެ. އތމ ކޮމެޓީގެ އިދާރާގައި ބޭއްވުނު މިބައްދަލުވުމަކީ އެންދެރި ޕްރޮޖެކްޓުން ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށް ހުޅުވާލި ސްމޯލްގްރާންޓަށް މިޖަމިއްޔާއިން ހުށައެޅި ޕްރޮޕޯސަލް ކާމިޔާބުވުމާ ގުޅިގެން މިޖަމިއްޔާއަށް ލިބިފައިވާ ފަންޑުން ތަރައްޤީކުރާ ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތުގެ މަސްލަހަތުވެރީންނާއެކު ބޭއްވުނު ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ކޮމެޓީންވަނީ ޕްރޮޖެކްޓްކުރިޔަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލެއްވުން ދޭނެ ކަމުގެ ޔަޤީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޓުއަރގައިޑް ޓްރޭނިންގ ގުޅިގެން ހިންގުމާމެދުގައި މަޝްވަރާކުރެވިފައިވެއެވެ.

މިނިވަން 60 ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން

މިނިވަން 60 ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން ފޮނަދޫ ކައުންސިލާއި ހައްދުންމަތީ ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ލާމު ފެމިލީ ސެންޓަރ އާއި ގުޅިގެން 31 ޖުލައި 2025 ގައި ކުރިޔަށް ގެންެދެވުނު މިނިވަން ހަވީރުގެ ތެރެއިން

ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާ މަޝްހޫރު ޚާލިދުއަލްމެރީއަށް ތަރިކައާބެހޭ މަޢުލޫމާތު ދިނުން

ސޯޝަލްމީޑިއާގައި ޙަރަކާތްތެރިވާ މަޝްހޫރު ޚާލިދުއަލްމެރީއަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ މަސައްކަތްތަކާ ބެހޭގޮތުންނާއި ރާއްޖޭގެ އާސާރީތަންތަނާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިޖަމިއްޔާއިން މިއަދު ކުރިޔަށް ގެންދެވުނެވެ.484647600 1196254281851784 2653043101128760351 N Khalid1

ހަތްތެއްޔާއި ޕަރީފެންގަނޑާއި ތަރިކަމަގު ސާފުކުރުމުގެ މަސައްކަތްފެށުން

ހައްދުންމަތީ ގަމުގެ ސަގާފީ ތަރިކައެއް ކަމުގައިވާ ހަތްތެއްޔާއި ޠަބީޢީ ތަރިކައެއްކަމުގައިވާ ބޮޑަފެންގަނޑަ ނުވަތަ މަޝްހޫރު ޕަރީފެންގަނޑާއި މި ދެތަން ގުޅުވާލުމަށް ހަދާފައިވާ ތަރިކަމަގު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިއަދު މިޖަމިއްޔާއިން ވަނީ ފަށާފައެވެ. މިއީ ގަމު ކައުންސިލުން އިއުލާންކޮށްގެން އެތައް ފަރާތަކުން ކުރިމަތިލި މަސައްކަތެކެވެ. މި ޖަމިއްުޔާއަށް މަސައްކަތް ލިބިފައިވަނީ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޕޮއިންޓް އެއްވަރުވުމުގެ ސަބަބުން ގުރުއަތު ނަގައިގެންނެވެ.

ވަޒީފާގެ ފުރުސަތު: ތިމާވެށީގެ ލަފާދޭ މާހިރެއް ބޭނުންވެއްޖެ

މި ޖަމިއްޔާ އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕަރީ ފެންގަނޑަ ޕްލެޓްފޯމް ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅިގެން ތިމާވެށީގެ ލަފާދޭ މާހިރެއް (އެންވަޔަރަންމެންޓަލް ކޮންސަލްޓް) ބޭނުންވެއްޖެއެވެ.

އެޕްލައިކުރުމުގެ ސުންގަނޑި:24 ޑިސެންބަރު 2024.

482212663 649253011385868 806043754798348432 N