ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ފޮނަދޫ އާސާރީ މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުން

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ފޮނަދޫ އާސާރީ މިސްކިތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި
ސެޝަންގައި މި މިސްކިތް ނިސްބަތްކުރެވޭ އަލްއައްލާމާ އަލްފަޤީޙް އަލްޚަތީބް މުޙައްމަދު ސިރާޖުއްދީންގެ ޚިދުމަތްތެރިކަމާއި ޢިލްމުވެރިކަމަށާއި ޤައުމިއްޔަތުގެ ރޮނގުން އެ ކަލޭގެފާނުގެ ސީރަތުން ލިބޭ ޢިބުރަތުގެ މައްޗަށް މަޢުލޫމާތު ދެވިފައިވެއެވެ. މީގެއިތުރުން އިހުގެ ގަލުވަޑާމާއި މިސްކިތް ބިނާކުރުމުގެ ވައްޓަފާޅިއާއި މީހުންވަޅުލުމާއި މަހާނައިގެ ކީލަތަކުގެ ފަރުމާކުރުމާއި ލިޔުންތެރިކަމާއި މިސްކިތާއި ޒިޔާރަތާ ގުޅޭ އާދަކާދަތައް ފަދަ ސަގާފީ ތަރިކައިގެ މައްޗަށް އަލި އަޅުވާލެވިފައިވެއެވެ.
ފޮނަދޫގެ މިފަޚުރުވެރި އާސާރީ ތަރިކަ އާ ގުޅޭ ކަންކަމުގައި ހެރިޓޭޖް ސޮސައިޓީ އާއި ފޮނަދޫ ކައުންސިލުން ގުޅިގެން ތަރިކަ އާ ބެހޭ ވުޒާރާގެ ލަފާގެ ދަށުން މިއަހަރުގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް މިދަނީ މަސައްކަތްކުރަމުންނެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން ޕަރީފެންގަނޑަށް ޒިޔާރަތްކުރުން

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން މިއަދު ގަމު ޕަރީފެންގަނޑަށް ޒިޔާރަތްކުރިއެވެ. މި ދަރިވަރުންނަށް މި މުހިންމު ތަރިކައާ ބެހޭގޮތުންނާއި މޫސުމީ ބަދަލުތަކުން ރައްކާތެރިކޮށްދިނުމުގައި ކަނޑޫފާ ޗަސްބިންތަކުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މައުލޫމާތުދެވުނެވެ.

މާވަށު ސުކޫލުގެ ހޭންޑްބޯޅަ ޓީީމުގެ ދަރިވަރުންނާއި އޮފިޝަލުންނަށް ގަމު ހަތްތެއްޔާ ގުޅޭމައުލޫމާތު ދެއްވުން.

މާވަށު ސުކޫލުގެ ހޭންޑްބޯޅަ ޓީީމުގެ ދަރިވަރުންނާއި އޮފިޝަލުންނަށް ގަމު ހަތްތެއްޔާ ގުޅޭ މައުލޫމާތު ދިނުން. މި.ސެޝަން ކުރިއަށްގެންގޮސްދެއްވި ޖަމްއިއްޔާގެ ރައީސް އަލްފާޟިލް ޠާހާ އަބޫބަކުރުއެވެ .

ހައްދުންމަތީ ހިތަދޫން ގެެއެއްގެ ގޯތިތެރެ ކޮންނަނިކޮށް އާސާރީ ހިރިގަލު ފޮށްޓެއް ފެނުން

ހައްދުންމަތީ ހިތަދޫން ގެެއެއްގެ ގޯތިތެރެ ކޮންނަނިކޮށް ފެނުނު އާސާރީ ހިރިގަލު ފޮށްޓެއް.
މިފޮށި މިހާރު ހުރީ ހިތަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި.
މިފަދަ ތަކެއްޗާ ބެހޭގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ޢަމަލުކުރައްވައި ވަރަށް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު މިއާސާރީ ތަރިކަ ހިތަދޫ ކައުންސިލާ ޙަވާލުކޮށްދެއްވީތީ ހިތަދޫ ދިލްކުޝާގޭގެ ވެރިފަރާތް އަލްފާޟިލާ އާމިނަތު ޖައުފަރުގެ އާއިލާއަށް ނިޙާޔަތަށް ޝުކުރު ދަންނަވަން.
ހިތަދޫގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ހިތަދޫ އާސާރީ މިސްކިތާއި މަރުބީނާ އުސްގަނޑާއި ޒިޔާރަތުގެ ލިސްޓަށް އިތުރުވި މި ހިރިގަލު ފޮށީގެ ސަބަބުން ހިތަދޫގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ޝައްކެއްނެތް. އެމަގުން ކައުންސިލުން ކުރައްވާ އެންމެހައި ކަންކަމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ޝުކުރިއްޔާ ހިތަދޫ ކައުންސިލާއި ރައްޔިތުން.

ހައްދުންމަތީ އަތޮޅު ކައުންސިލުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ލ. އަތޮޅު ކުލަބް/ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ހުށަހެޅުއްވުމުން އެފަރާތަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން.

ލ.ހިތަދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.

މި އެގްރީމަންޓްގެ ދަށުންހިތަދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްކޮށް އަރުޝީފު ކުރުމުގެ މަސައްކަތާއި ދިވެހި ބަހާއި ޤައުމިއްޔަތުގެ ރޮނގުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ.

“ތަރިކަމަގު” މަޝްރޫޢުގެ އަދާހަމަ ގަމުކައުންސިލާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން

ގަމުގެ ޠަބީޢީ ތަރިކަ އާއި ޘަޤާފީ ތަރިކަ ގުޅުވަައިލުމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބު ގުޅިގެން ލ.ގަމުގައި ކުރިޔަށްގެންދާ “ތަރިކަމަގު” މަޝްރޫޢުގެ އަދާހަމަ ގަމުކައުންސިލާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުން.
މިބައްދަލުވުމުގައިވަނީ ތަރިކަމަގުގައި ގަސް އިންދަންފެށުމުގެ ގޮތުންގަމުކައުންސިލާއި އައުޓްރީފް ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ ގުޅިގެން 30 ޑިސެންބަރު ވާ ހޮނިހިރު ދުވަހުގައި ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައި. ތަރިކަމަގު މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލުގެ މާލީ އެހީތެރިކަމާއި ގަމުކައުންސިލްގެ އެހީތެރިކަމާ އެއްބާރުލުމާއެކު ހިންގާ މަޝްރޫޢެއް.
ކުރިޔަށް އޮތް ދުވަސްތަކުގައި އެހެން މުއައްސަސާތަކާ ގުޅިގެންވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ.

ލ.އިސްދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.

ލ.އިސްދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.
މި އެގްރީމަންޓްގެ ދަށުން އިސްދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްތަންކޮށް އަރުޝީފު ކުރުމުގެ މަސައްކަތާއި ދިވެހި ބަހާއި ޤައުމިއްޔަތުގެ ރޮނގުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ.