ގުރޭޑް 7 ގެ ސޯސަލް ސްޓަޑީޒް މާއްދާގެ ދިވެހި ޘަޤާފަތާއި އާދަކާދަ ސުރުހީއަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ލ.އ.ތ.މގައި ކުރިއަށް ގެންދެވުނު ސެޝަންގެ ތެރެއިން.
Category (Event or News): News
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާ ބައްދަލުކުރުން
“ތަރިކަ މަގު”ގެ ނަމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަގުހިމެނޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ގަމުކައުންސިލާއެކު ސޮއިކުރުން.
ގަމުގެ މުހިންމު ދެތަރިކަ ކަމުގައިވާ ޕަރީފެންގަނޑަ ނުވަތަ ބޮޑަފެންގަނޑާއި ހަތްތެއްޔާ ދެމެދުގައި “ތަރިކަ މަގު”ގެ ނަމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަގުހިމެނޭ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވްސް
ހެރިޓޭޖް ސޮސައިޓީއާއެކު ސޮއިކުރުން.
“ތަރިކަ މަގު”ގެ މަޝްރޫޢަކީ ލ.އަތޮޅު ކައުންސިލް އާއި ގަމު ކައުންސިލްގެ އެހީތެރިކަމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބް ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް.
ފަންނާއި ސަޤާފަތާއި ތަރިކަ އާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ބައްދަލުކުރެއްވުން
ފަންނާއި ސަޤާފަތާއި ތަރިކަ އާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޠާރިޤް އާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ބައްދަލުކުރެއްވުން.
މިބައްދަލުވުމުގައި ރާއްޖޭގެ އާސާރީތަންތަންް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ޖަމިއްޔާއަށް ހުރި ފުރުޞަތުތަކާއި ފަންނީގޮތުން އެހީތެރިކަން ދެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ހައްދުންމަތީގައި ހުރި އާސާރީ މިސްކިތްތަައް މަރާމާތުކުރުމަށް ވުޒާރާއާއި ކައުންސިލްތަކާއި މިޖަމިއްޔާ ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ކުރެވެންހުރިކަންކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠޯރިޤަކީ 1980 ގެ އަހަރުތަކުން ފެށިގެން ސަޤާފީތަރިކަ ޙިމާޔަތްކުރުމުގެ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އިލްމު ޖަމިއްޔާ އާ ބައްދަލުކުރުން
އިލްމު ޖަމިއްޔާގެ ރައީސް އަލްފާޟިލް ޙަސަން ޚަލީލާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް މިއަދު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ޖަމިއްޔާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިބައްދަލުވުމަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އެއް ޖަމިއްޔާކަމުގައިވާ އިލްމު ޖަމިއްޔާއިން ލ.ފޮނަދޫގައި ޤާއިމުކުރި ޒަމާނީ ސްޓޫޑިއޯ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެ ސްޓޫޑިއޯގައި އޮތް ބައްދަލުވުމެކެވެ.
ލ.މާބައިދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން
ލ.މާބައިދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.
މި އެގްރީމަންޓްގެ ދަށުން މާބައިދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން މިބައްދަލުވުމުގައި ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްތަންކޮށް އަރުޝީފު ކުރެވޭނެ ގޮތްތަކާއި މެދުގައި މަޝްވަރާ ކުރެވުނު.
އަލްފާޟިލް ޢީސާ ޝަރީފަށް މިޖަމިއްޔާގެ ރައީސް ދިވެސްއަކުރުން ފަތެއް ފޮނުއްވުން
އަލްފާޟިލް ޢީސާ ޝަރީފަށް މިޖަމިއްޔާގެ ރައީސް ދިވެސްއަކުރުން ފަތެއް ފޮނުއްވީ ދިވެސްއަކުރު ފޮންޓެއް އުފައްދަވައި ޢާންމުކުރެއްވުމުން އެކަމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުންނެވެ.
ފަތުގެ ތާނަ ތަރުޖަމާއަކީ:
“ހިޖުރައިންއެކުސާސްތުރައެއްސަތޭކަސައުރަޔާޅީސްވަނައަވެރުދު ޒުލްހިއްޖާމަހު އަށްދުވަހު
ފުރަމާލޭ ބެއްޔަހުއްތުގެ އީސާ ސަރީފަށް ބަހެ. ތިބާ ތިޔަކުޅަ މަސައްކަތަށް ސާބަހާއި އައްސަރި ބަސް ފަށްކުރަމެ. މިމަސައްކަތް ފުޅާކުރުމުގެ ހެއު ތައުފީގު ތިބާއަށް ދެއްވާށިއެވެ. މިކަމަކީ އުވެމުން ނެތެމުންދާ ދިވެސް އަކުރަށް ލިބުނު އާރޯކަމެއް ކަމަށް ވާތީ މިއީ އެކަން ފާހަގަކޮށް ދިވެހިތަރިކަ ޖަމިއްޔާގެ ރައީސް ހައްދުންމަތީ ގަމު ތޯހާ އަޅާލިޔުނުފަތެވެ.”
ދިވެސް އަކުރު ފަތްކޮޅުތައް ތާނަކުރަން ފެށުމުގެ ޕްރޮޖެކްޓް
މުލަކަތޮޅު ވައިރިއަފުށީ (ވާރެޔާފުށި) މީހުންނަށް ހިޖުރައިން 1141 ވަނަ އަހަރު ޒުލްޤައިދާމަހު (1729މ.) ގައި އައްސުލްޠާން އިބްރާހިމް -2 ވަނަ ދެއްވި ދިވެހިއަކުރު ފަތްކޮޅުގެ ތާނަ.
މިފަތްކޮޅުގައި ބަޔާންވެގެންވަނީ ވާރެޔާފުށީ މީހުން ބޮލިހިލާނެ ފަޅުތަކާއި ފަރުތަކުގެ ސަރަޙައްދު.
ވައިރިއަފުށްޓަކީ މިހާރު ކޮޅުފުށްޓާ އެއްވެފައިވާ ވާރެޔާފުށި.
ދިވެހި އަކުރުން އޮތް މިފަތްކޮޅު 11 ޖޫން 2023މ.ގައި ތާނަކުރެއްވީ ގަމު ޠާހާ އަބޫބަކުރު.
އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަސިޓީގެ ދަރިވަރުންނަށް ތަރިކަ އާ ބެހޭ ޓުއަރ އެއް ދިނުން
އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަސިޓީގެ ދަރިވަރުންނަށް ތަރިކަ އާ ބެހޭ ޓުއަރ އެއް ދިނުން
އިސްދޫ ހަތްތެލި ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަށް ގަސް ހަދިޔާކުރުމާއި ގަސްއިންދުން
އިސްދޫ ހަތްތެލި ސަރަޙައްދު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގައި މިޖަމިއްޔާއިން ބައިވެރިވެ ގަސް ހަދިޔާކުރުމާއި ގަސްއިންދުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިޖަމިއްޔާއިން ހަދިޔާކުރި ރީތިގަސްތައް އިސްދޫ ކައުންސިލާ ޙަވާލުކޮށްދެއްވީ މިޖަމިއްޔާގެ ނައިބުރައީސާ މަރިޔަމް ނީނާއެވެ. އެޔަށްފަހު ޖަމިއްޔާގެ ރައީސް ވަނީ ހަތްތެލި ސަރަޙައްދުގައި ރީތިގަހެއް އިންދަވައިދެއްވާފައެވެ.
