ލ.އިސްދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.
މި އެގްރީމަންޓްގެ ދަށުން އިސްދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްތަންކޮށް އަރުޝީފު ކުރުމުގެ މަސައްކަތާއި ދިވެހި ބަހާއި ޤައުމިއްޔަތުގެ ރޮނގުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ.
Category (Event or News): Event
ތަރިކަމަގު މަޝްރޫޢު ފެށުން
ގަމު ހަތްތެލި ސަރަޙައްދާއި ޕަރީފެންގަނޑު ސަރަޙައްދާ ދެމެދުގައި ހަދާ ތަރިކަމަގުގެ ޢަމަލީ މަސައްކަތް ފެށުން
ދިވެހި ޘަޤާފަތާއި އާދަކާދަ އާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ލ.އ.ތ.މގައި ކުރިއަށް ގެންދެވުނު ސެޝަންގެ ތެރެއިން.
ގުރޭޑް 7 ގެ ސޯސަލް ސްޓަޑީޒް މާއްދާގެ ދިވެހި ޘަޤާފަތާއި އާދަކާދަ ސުރުހީއަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ލ.އ.ތ.މގައި ކުރިއަށް ގެންދެވުނު ސެޝަންގެ ތެރެއިން.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާ ބައްދަލުކުރުން
ލ.މާބައިދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން
ލ.މާބައިދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން.
މި އެގްރީމަންޓްގެ ދަށުން މާބައިދޫގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން މިބައްދަލުވުމުގައި ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްތަންކޮށް އަރުޝީފު ކުރެވޭނެ ގޮތްތަކާއި މެދުގައި މަޝްވަރާ ކުރެވުނު.
އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަސިޓީގެ ދަރިވަރުންނަށް ތަރިކަ އާ ބެހޭ ޓުއަރ އެއް ދިނުން
އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަސިޓީގެ ދަރިވަރުންނަށް ތަރިކަ އާ ބެހޭ ޓުއަރ އެއް ދިނުން
އިސްދޫ ހަތްތެލި ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަށް ގަސް ހަދިޔާކުރުމާއި ގަސްއިންދުން
އިސްދޫ ހަތްތެލި ސަރަޙައްދު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގައި މިޖަމިއްޔާއިން ބައިވެރިވެ ގަސް ހަދިޔާކުރުމާއި ގަސްއިންދުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިޖަމިއްޔާއިން ހަދިޔާކުރި ރީތިގަސްތައް އިސްދޫ ކައުންސިލާ ޙަވާލުކޮށްދެއްވީ މިޖަމިއްޔާގެ ނައިބުރައީސާ މަރިޔަމް ނީނާއެވެ. އެޔަށްފަހު ޖަމިއްޔާގެ ރައީސް ވަނީ ހަތްތެލި ސަރަޙައްދުގައި ރީތިގަހެއް އިންދަވައިދެއްވާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމުގައިވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” އާ ގުޅުވައިގެން ގަމު “ބޮޑަފެންގަނޑަ”/”ޕަރީފެންގަނޑަ” ސަރަޙައްދު ސާފުކުރުން.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމުގައިވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” އާ ގުޅުވައިގެން ގަމު “ބޮޑަފެންގަނޑަ”/”ޕަރީފެންގަނޑަ” ސަރަޙައްދު ސާފުކުރުން.
މިޙަރަކާތް ފުރިހަމައަށް ކޮށްނިންމާލެވިފައިވަނީ ބައިވެރިވި އެންމެހައި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމުގައިވާތީ ބައިވެރިވި އެންމެހައި ފަރާތްްތަކަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި އައުޓްރީފް ސްޕޯޓްސް ކްލަބްގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ރާއްޖޭގެ އެކި ރަށްރަށުގައިވާ ޤުދުރަތީ ތަރިކަތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ މާޙައުލީ ނިޒާމު ތަޣައްޔަރުވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މިފަދަ ޙަރަކާތްތައް ބޭއްވޭ މިންވަރު އިތުރުކުރުމަކީ މުހިންމު ކަމެއް.
ދިވެހީންގެ އާދަކާދައާއި ސަޤާފަތް ރައްކާތެރިކޮށް ހިމާޔަތްކުރެވޭނީ ދިވެހީންގެ ވެށީގައިވާ ޤުދުރަތީ ތަރިކަ ހިމާޔަތްކޮށްގެން. ޤުދުރަތީ ތަރިކަ ހިމާޔަތް ކުރުމަށް އަޅުގަނޑުމެން އެންމެން އަތުގުޅާލަމާތޯ؟
ދިވެސްއަކުރުފަތްކޮޅުތައް ތާނަކުރުމުގެ މަޝްރޫޢު: މީދޫ ބަނޑިދޫ
މީދޫ މީހުންނާއި ބަނޑިދޫމީހުންނަށް 1 ރަޖަބް 1101ހ. (9 އޭޕްރީލް 1690މ.) ގައި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު ދެއްވި ދިވެހިއަކުރު ފަތުގެ ތާނަ
އިހައްދޫ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުން
އިހައްދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރުންނަށް ކަނޑޫފާކުޅިތަކާއި މޫސުމީ ބަދަލާ ބެހޭގޮތުން މަޢުލޫމާތު ދިނުން. މިސެޝަންގައި ގަމުގެ މަޝްހޫރު ޕަރީފެންގަނޑާބެހޭ މަޢުލޫމާތުވެސް ދެވުނެވެ.
